14 ނޮވެމްބަރ 2022
މި އަހަރު ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ އޮފީހަށް މިއަދު ވަޑައިގެން، އެ ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ.
މި އަހަރު ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ އޮފީހަށް މިއަދު ވަޑައިގެން، އެ ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމަށް އެމްއެމްޕީއާރުސީގެ ވެރިންނާއި މުވައްޒަފުން ކުރާ ބުރަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ރައީސް މިއަދު އެތަނަށް ވަޑައިގެންނެވި ކަމަށެވެ. އެ ޒިޔާރަތުގައި އެމްއެމްޕީއާރުސީގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޯލްޑް ޓްރެވަލް އެވޯޑްސްގައި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައި ވާތީ އެކަން ހާއްސަގޮތެއްގައި ފާހަގަކުރައްވައި، އެމްއެމްޕީއާރްސީގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުހަބާ ވިދާޅުވި އެވެ،" އެ އޮފީހުން ބުންޏެވެ.
އެމްއެމްޕީއާރްސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެތަނަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެ އަށް ލިބިފައިވާ އެވޯޑުތައް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
"ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑް" އެވޯޑް ރާއްޖެއަށް ލިބުނު މިއީ އަދި ފުރަތަމަ އަހަރެވެ. އެކަމަކު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ވިދިވިދިގެން ލިބުނު މިއީ ތިން ވަނަ އަހަރެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
އެމްއެމްޕީއާރްސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެތަނަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރުކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ އެވޯޑު ރާއްޖެއިން މިލްކު ކޮށްފި! https://t.co/atuojIrTTV
— Mihaaru (@Mihaarunews) November 12, 2022
އެމްއެމްޕީއާރުސީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން އެ މަނިކުފާނަށް ހާއްސަ ހަނދާނީ ފިލައެއް އެރުވި އެވެ. ޓޫރިޒަމް އިޝްތިހާރުކުރުމުގައި ގެންގުޅޭ "ޓޭލްސް އޮފް މޯލްޑިވްސް" ފޮތްތަކުގެ ކޮޕީއަކާއި ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މިދިޔަ އަހަރު ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ވެސް އެރުވި އެވެ.
ދުނިޔޭގެ ޓޫރިޒަމް ދާއިރާގަައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" މި އަހަރު ރާއްޖެއިން ކާމިޔާބު ކޮށްފައި ވަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ މަންޒިލްތައް ކަމަށްވާ ދުބާއިީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނޭހެން 18 ގައުމަކާ ވާދަކޮށްގެންނެވެ.
އެމްއެމްޕީއާރްސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެތަނަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންގެ ފަރާތުން ރައީސަށް ހަނދާނީ ފިލައެއް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
ވޯލްޑް ޓްރެވެލް އެވޯޑަކީ ޓޫރިޒަމްގެ ދާއިރާގައި ބައިނަލްއަގްވާމީ ގޮތުން ދެވޭ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ޝަރަފުވެރި އެވޯޑެވެ. ރާއްޖެއިން، 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ އެވޯޑުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
2026ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ އަމާޒު
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖޭގެ 173 މަންދޫބުންނާއެކު ޑަބްލިއުޓީއެމް ފަށައިފި
"ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީން ދޫކުރި ރަަށްތައް"
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި