10 ޖެނުއަރީ 2017
މެލޭޝިއާގައި ބާއްވާ ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ކަނެކްޓް އޭޝިއާ ފެއާގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ހުޅުވާލައިފި އެވެ.
މެލޭޝިއާގައި ބާއްވާ ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ކަނެކްޓް އޭޝިއާ ފެއާގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ހުޅުވާލައިފި އެވެ.
މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މެލޭޝިއާގެ ޕެނަންގް ގައި އަންނަ މޭ މަހުގެ 17 އިން 19 އަށް ބާއްވާ ޑަބްލިއުޓީއެމް ކަނެކްޓް އޭޝިއާ ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަ ފަރާތަކަށް ބައިވެރިވޭ ވަރުގެ ސްޓޯލެއް ވަނީ ލިބިފަ އެވެ. އެހެންކަމުން، މި ފެއާގައި ބައިވެރިވާން ބޭނުންވާ މަޓާޓޯގެ މެމްބަރުންނަށް މި މަހުގެ 30 ގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ދެކުނު އިރުމަތީ އޭޝިއާ އަދި ޗައިނާގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ ޑަބްލިއުޓީއެމް ކަނެކްޓް އޭޝިއާ ފެއާ އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގަ އެވެ. އެ ފެއާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، 1،700 އަށް ވުރެ ގިނަ ވިޔަފާރި ބައްދަލުވުން ފެއާގެ ތެރެއިން ބާއްވާފައިވެ އެވެ.
އޭޝިއާގެ ޓޫރިސްޓް މަންޒިލްތައް ހެޔޮ އަގެއްގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ޑަބްލިއުޓީއެމް ކަނެކްޓް އޭޝިއާ ފެއާގައި، ދެކުނު އިރުމަތީ އޭޝިއާ އާއި ޗައިނާގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ވިޔަފާރިވެރިން އެއް ތަނަކުން ބައްދަލުވާނެ އެވެ. އެގޮތުން، އެ ފަރާތްތަކުގެ ވިޔަފާރި އިތުރު މާކެޓްތަކަށް ފުޅާކުރުމުގެ ފުރުސަތު ތަފާތު ސެމިނާތަކާއި ބައްދަލުވުންތައް މެދުވެރިކޮށް ލިބިގެންދާނެ އެވެ.
ރާއްޖެ އަށް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ނަމަވެސް ޗައިނާ މާކެޓް ވަނީ ދަށަށް ދާން ފަށައިފަ އެވެ. ނަމަވެސް އޭޝިއާގެ އެހެން ބައެއް ސަރަހައްދުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ޗައިނާ އެހީވަނީ
ޓޫރިޒަމް އިޝްތިހާރުކުރަން މަޓާޓޯ އިން އުތުރު ޔޫރަޕަށް
ޗައިނާ މާކެޓް ރަނގަޅުކުރުމަށް އާ ސަރަހައްދަކަށް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
މިދިޔަ މަހު އައި ޓޫރިސްޓުން އެއް ޕަސެންޓް ދަށްވެއްޖެ
ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ
ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން!