23 ސެޕްޓެމްބަރ 2016
ޗައިނާއިން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެ ގައުމުގެ ސީޗުއާން ޕްރޮވިންސްގައި ބާއްވާ ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
ޗައިނާއިން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެ ގައުމުގެ ސީޗުއާން ޕްރޮވިންސްގައި ބާއްވާ ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ސީޗުއާން އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ (ސައިޓް) ގައި ބައިވެރިވެފައިވާ ކަމަށެވެެ. ސީޗުއާން ޕްރޮވިންސްގެ ލެޝަންގައި އޮންނަ އެމެއިޝަން ސިޓީގައި ބާއްވާ ފެއާގައި ބައިވެރިވަނީ ރާއްޖެ އަށް ލިބުނު ދައުވަތެއްގައި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މީގެ ތިން އަހަރު ކުރިން ބާއްވަން ފެށި ފެއާގައި މިއަހަރު ދުނިޔޭގެ 45 ގައުމެއްގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެވެ. މި ފެއާ އަންނަ ހޯމަ ދުވަހު އާންމުންނަށް ހުޅުވާލުމުގެ ކުރިން، ޓޫރިޒަމްގެ އެކި ކަންކަމާ ގުޅޭ ސަމިޓްތަކާއި ފޯރަމްތައް ބާއްވައި ވިޔަފާރިވެރީގެ ބައްދަލުވުންތައް ކުރިއަށް ގެންދާނެ އެވެ.
ސީޗުއާން އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯގައި ހުރި ރާއްޖޭގެ ސްޓޯލް.-- ފޮޓޯ: އެމްއެމްޕީއާރުސީ
ޗައިނާގައި ރާއްޖެއިން ކުރިން އާންމުކޮށް އިޝްތިހާރުކޮށްފައިވަނީ ވެރިރަށް ބެއިޖިން އާއި ބައެއް ވިޔަފާރީގެ މަރުކަޒުތަކުގަ އެވެ. އެއިގެ ތެރެއިގައި ކުންމިން ފެއާ އާއި ޝެންގްޒޫ އަދި ޝަންހާއީ ފަދަ ސިޓީތަކުގައި ބޭއްވި ރޯޑްޝޯތައް ހިމެނެ އެވެ.
ސީޗުއާން ޕްރޮވިންސްގެ ޗެންގްޑޫ އަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މިދިޔަ ޖުލައި މަހު ސީދާ ދަތުރުތައް ވެސް ފަށައިފަ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިން ކަމަށްވީ ނަމަވެސް ޗައިނާ މާކެޓް ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެގޮތުން، މިދިޔަ ޖުލައި މަހު ޗައިނާއިން އައީ 36،456 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 ޕަސެންޓް ދަށް އަދަދެކެވެ.
"ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެ އެވެ،" އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުންޏެވެ.
ޖަޕާނުގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ "ޖަޓާ ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި ވެސް ރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ. އިއްޔެއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފެއާގެ އިތުރުން، މިއަދު ނިމޭ އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓް (އައިއެފްޓީއެމް) ގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ 12 ފަރާތަކުން ބައިވެރިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ޗައިނާ އެހީވަނީ
ޗައިނާގެ ފޫޖިއާން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ވެއްޓުނު ރޮކެޓުގެ ވާހަކައިން މައުސޫމު "އަނދައިފި"
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ދެ އިވެންޓެއް
ޗައިނާ ޓޫރިސްޓުންނަށް ފަހި ގޮތްތަކެއް ހަމަޖައްސަންއެދެފި
ޖީހާންގެ ދިވެހި ރަހަތަކުން ޗައިނާ ކުޅުދިޔާވެއްޖެ
އޭޝިއާގެ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ހުޅުވާލައިފި
ޗައިނާގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަނީ