02 ނޮވެމްބަރ 2022
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނިމާލާއި އެ ކުންފުނީގެ އިތުރު ތިން މީހަކަށް ދައުވާކުރަން ފޮނުވީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ފެނަކައިން އަމިއްލަ ފަރާތްތަކާ އެކު ހެދި އެއްބަސްވުންތަކާ ޚިލާފަށް އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާ މައްސަލައެއްގައި ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން ފެނަކައިން ސަޕްލަޔަރުންތަކަކާ އެކު ހެދި އެއްބަސްވުންތަކުގެ ދަށުން ކަނޑައެޅޭ ތާރީޚަށް މުދާ ނުލިބޭނަމަ، ލިކުއިޑޭޓަސް ޑެމޭޖްސްގެ ގޮތުގައި ފައިސާ އުނިކުރަންޖެހޭ ގޮތަށް އޮތަސް، އެ ފަރާތްތަކަށް ފައިސާ ދޫކުރީ އެ މިންވަރަށް ފައިސާ އުނިކުރުމެއް ނެތި ކަމަށެވެ. އޭގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ފެނަކައަށް ލިބިފައިވާ ކަމަށާއި އެކަމަކީ ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ އަމަލެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭސީސީގެ ބަޔާނުގައިވާ ގޮތުން ދެން ދައުވާކުރަން ފޮނުވީ އޭރުގެ ފައިނޭންސް ޑިޕާޓްމެންޓްގެ ވެރިޔާ އާއި އެ ޑިޕާޓްމެންޓްގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރާއި އޭރުގެ ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މައްޗަށެވެ.
ފެނަކައިން ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅިގެން ވެސް ނިމާލްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރަން 2017 ވަނަ އަހަރު އޭސީސީން ޕީޖީއަށް ފޮނުވި އެވެ. އެ މައްސަލާގައި ޕީޖީން އޭރު ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި
ފެނަކައިގެ ކުރީގެ ދެ ވެރިއެއްގެ މައްސަލަ ޕީޖީއަށް
ޝުކޫރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރަން އެދިއްޖެ
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ
ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން ޕީޖީއަށް
ފެނަކަ "ދޮވެލީ" އެންމެންގެ ކުރިމަތީގައި!
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ