ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފި އެވެ.
11 ޖުލައި 2025
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފި އެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ސައީދާއި އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ސައީދަށް ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީން ބުނީ އޭޕްރީލް 30، 2023 ގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުދިޔާއަށް އެ އައިސްޕްލާންޓު ގަތް ކަމަށެވެ.
އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާ ކަމަށާއި ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކުރާ ކަމަށެވެ.
ޕީޖީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ބައްދަލުވުމުގައި ސެޕްޓެމްބަރު 7، 2023 ގައި ސައީދު ބައިވެރިވެ މަޝްވަރާކޮށްގެން އައިސްޕްލާންޓް ގަންނަން ނިންމި ކަމަށެވެ.
ޕީޖީން ބުނި ގޮތުގައި ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ އެ ވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓާ ދެމެދު ހަމަ އެ ތާރީހުގައި އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެެވެ. އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަަދައި ސޮއިކޮށްފައިވާ ކަމަށް ޕީޖީން ބުންޏެެވެ.
އެހެންވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ މެއި މަހުގެ 20 ގަ އެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީން ބުންޏެެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އެހެން ދައުވާއެއް ވެސް ސައީދާއި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
އެ ދައުވާކުރަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރުމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު، ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް އަމާޒުވި އެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް މަޝްރޫއު ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއަށް އޭރު ހުށަހެޅި އެވެ.
އެކަމަކު އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅެއް އޭސީސީން އޭރު އަޅާފައެއް ނުވެ އެވެ.
ފެނަކަ ކޮރަޕްޝަން:ސައީދަށް ދައުވާކޮށްދޭން އެދި ޕީޖީއަށް
ފެނަކައާ ގުޅޭ ކުއްލި މައްސަލައެއް
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް
ފެނަކަ މުވައްޒަފުން ވައްކަމެއް ނުކުރާނެ: ސައީދު
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި
ނިމާލާއި އިތުރު ބަޔަކަށް ދައުވާކުރަން ޕީޖީއަށް
ސައީދާއި އިބްރޭގެ ކޯޅުން:ސައީދުގެ ތުހުމަތަކީ ފުރައްސާރަ
ބޮޑެތި ތުހުމަތުކޮށް ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދީފި
ފެނަކައިގެ ކުރީގެ ދެ ވެރިއެއްގެ މައްސަލަ ޕީޖީއަށް
މެނޭޖުމަންޓުން ކޮރަޕްޝަން ނުހިންގާނެ: ފެނަކަ