Roadha Mihaaru

ހުޅުމާލެއިން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި ކުރީގެ މުވައްޒަފެއްގެ މައްސަލައެއް ޕީޖީއަށް

ހުޅުމާލެ 2 އިން ބިމެއް ވިއްކާނެ ކަމަށް ބުނެ އެޗްޑީސީގައި ކުރިން އުޅުނު މުވަޒަފަކު އޮޅުވާލައިގެން ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލި މައްސަލަ ޕީޖީއަށް

ހުޅުމާލެ 2 އިން ބިމެއް ވިއްކާނެ ކަމަށް ބުނެ އެޗްޑީސީގައި ކުރިން އުޅުނު މުވަޒަފަކު އޮޅުވާލައިގެން ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި އޭރު ހުރި ސީވިންޑް، ފުތިހަ ޝާކިރު 2022 ގައި ހުޅުމާލެ 2 އިން 2،600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ތައްޔާރުކޮށް، 550،000ރ. އަމިއްލަ މީހެއްގެ އަތުން ނެގި ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން މިއަދު ބުންޏެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. ބިން ވިއްކާނެ ކަމަށް ބުނެ ފުތިހަ ހޯދާފައިވާ ފައިސާ ވެސް އެ ދައުވާގެ ތެރެއިން ހޯދަން އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.