13 އޮކްޓޯބަރ 2024
ވެށިފަހި ޕްރޮގްރާމްގެ ދަށުން ދައުލަތުން މިލްކުކޮށްފައިވާ ބިމެއް ވިއްކި މައްސަލާގައި 2018 ގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފު ޝައުކަތުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
ވެށިފަހި ޕްރޮގްރާމްގެ ދަށުން ދައުލަތުން މިލްކުކޮށްފައިވާ ބިމެއް ވިއްކި މައްސަލާގައި 2018 ގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފު ޝައުކަތުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، އެ މައްސަލާގައި ނާއިފުގެ އިތުރުން ހައުސިން މިނިސްޓްރީގައި އޭރު ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ވަހީދުގެ މައްޗަށް ވެސް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އެދުނު ކަމަށެވެ.
ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލަ އެވެ.
އޭސީސީން ބުނީ، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދިފައިވީ ނަމަވެސް އެ ބިން ވިއްކާފައި ވަނީ އެ ބިމާ މާދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ.
އެ ނިންމުން ނިންމާފައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބިފައިވާ ބިންތައް ވިއްކުމުގެ އުސޫލާ ހިލާފަށް ކަމަށާއި އިންވެގެން އޮތް ގޯތީގެ ވެރިފަރާތާއި އެހެން ފަރާތަކުން ވެސް ބިން ގަންނަން އެދިފައި ވަނިކޮށް ކަމަށް އޭސީސީން ބުންޏެވެ.
އެ އުސޫލުގައި ބިން ވިއްކުމުގެ ކުރިން ވާރިސުންގެ ހާލަތު ވަޒަން ކުރަން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ. އެކަން ކޮށްފައި ވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްސަލަ ޕީޖީއަށް
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ހަނިމާދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ޕީޖީއަށް