02 ނޮވެމްބަރ 2022
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި މި ސަރުކާރުގެ ނިންމުމަށް އިހްތިރާމް ނުކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެ ނިންމުން ބަދަލުކުރައްވާނެ ކަަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި މި ސަރުކާރުގެ ނިންމުމަށް އިހްތިރާމް ނުކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެ ނިންމުން ބަދަލުކުރައްވާނެ ކަަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ދިވެހި ސަރުކާރުން ނިންމާފައި ވަނީ، މިހާތަނަށް ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓުދިނުމަށެވެ. ޔާމީން ވެސް ސިފަކުރެއްވި ގޮތުގައި، މިއީ އިމުގެ މައްސަލާގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ރާއްޖެ އިން ދީލާލުމެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށް އެ އޮފީހުން ތަކުރާރުކޮށް ބުނެފައިވެ އެވެ.
ޔާމީން ވިދާޅުވީ ސަރުކާރުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެ ނިންމުން ބޮލާލައި ޖަހާނެ ކަމަށެވެ. މޮރިޝަސްއަށް ފައިދާވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލިއުން ދެއްވި ސަބަބާއި އޭގައި އޮތް އެއްޗެއް ރައްޔިތުންނަށް ސާފުކޮށްދެއްވަން އެ މަނިކުފާނު ގޮވާލެއްވި އެވެ.
އެ ނިންމުމުގެ މުގާބިލްގައި ސަރުކާރަށް ނުވަތަ އަމިއްލަ މީހެއްގެ ޖީބަށް ލިބުނީ ކޯއްޗެއްތޯ ވެސް ބުނެދޭން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރުޅި އާދޭ މި މައްސަލަ މިގޮތަށް ނިންމީމަ. ވަރަށް ޒިންމާދާރުކަންކުޑަކޮށް ކުރި ކަމެއް،" ޔާމީން ވިދާޅުވި އެވެ
މި ނިންމުމުގައި ސަރުކާރާއި އެ ނިންމުމަށް ތާއީދުކުރި މީހުން ތިބީ، ޔާމީން ވިދާޅުވި ގޮތުގައި، ގައުމަށް ޣައްދާރުވެފަ އެވެ. ޖީއެމްއާރު އެގްރިމަންޓް ބާތިލްކޮށްގެން ބަދަލުދޭން ޖެހުނު ގޮތަށް ކަންތައް ދިޔަސް އެމަނިކުފާނުގެ ނިންމުމަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުން ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުން ގާނޫނާ ޚިލާފަށް މި ކުރާ ކަންތައްތަކަކަށް އިހްތިރާމެއް ނުކުރާނަން އަޅުގަނޑުމެންގެ ސަރުކާރުގައި. އެއްގޮތަކަށް ވެސް އެކަން ގަބޫލުކޮށްގެން ނުތިބޭނަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޓީ ފޮނުއްވީ ގާނޫނުއަސާސީއާ ޚިލާފަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާނީ މަޖިލީހުން ކަމަށާއި އެ ސިޓީ ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އަމަލުކުރި ގޮތަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވި ގޮތުގައި މައްސަލައަކަށް ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބޮޑު ބައެއް، އިންޑިއާ ފަހަތުގައި އޮވެގެން މޮރިޝަސްގެ އެދުމަށް ދޫކޮށްލާފައި ވުމެވެ. އިމުގެ ސަރަހައްދު ކަނޑައަޅަން ޖެހޭނީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށް ވިޔަސް ސަރުކާރުން އަމަލުކުރަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހައްގު ގެއްލޭ ގޮތަށް ކޮން ސިޓީއެއްހޭ ދީގެން މި އުޅެނީ. މި މައްސަލަ ނިމިގެން އަންނަ އިރު އެ ސިޓީގައި އޮތް ގޮތަށް އަޅުގަނޑުމެންނަށް ގެއްލުންވެފައި އަނެއް ބަޔަކަށް ފައިދާވާ ގޮތަކަށް މިދަނީ. އަޅުގަނޑުމެން ސަރަހައްދު، 200 މޭލު ކަނޑައަޅާފައި ވަނިކޮށް ކޮމްޕްރޮމައިޒްވާ ގޮތަށް، ކަނޑައެޅި ސަރަހައްދަށް ވުރެން ކުޑަ ސަރަހައްދެއް ލިބޭ ގޮތަށް އޮތް އޮތުމެއް ގަބޫލެއް ނުކުރާނަމޭ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުގެ ނިންމުމުގެ ފަހަތުގައި އޮތީ އިންޑިއާ އެވެ. ސްޓޭންޑް ބަދަލުކުރުމުގައި އެ ގައުމު ރުއްސުން ނޫން ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ވިދާޅުވެދެއްވާ ސިޓީގައި އޮތީ ކޯއްޗެއްތޯ. އިމްރާނަކަށް ބުނެއެއް ނުދެވޭނެ. ގާސިމް އެބަ ވިދާޅުވޭ މަޝްވަރާނުކުރެއޭ. ރައީސް މައުމޫން އެބަވިދާޅުވޭ މަޝްވަރާނުކުރެއޭ. އެކަމަކު އިމްރާނާ މަޝްވަރާކުރި ކަމަށް އެބަ ގަބޫލުކުރެއްވޭ،" ސަރުކާރުގެ ސްޓޭންޑަށް ތާއީދުކުރައްވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި ޔާމީން ހިތްހަމަނުޖެހުންފާޅުކުރެއްވިޔަސް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އޭގެތެރޭގައި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ހިމެނިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްގެއް ދޫކޮށްލައި ނުވަތަ ހައްގަކަށް އުނިކަމެއް އަންނަ ގޮތަކަށް މަސައްކަތްކޮށްފައިވާ ތަނެއް މައްސަލައިގެ ލިއުންތަކުން ނުފެނެ އެވެ.
އެހެންވިޔަސް މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ މެދު ހިތްހަމަނުޖެހިގެން މަޖިލީހަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
"ބިޔަބަޖެޓެއް ހުށަހެޅިޔަސް ބޮޑެތި މަޝްރޫއު ނުހިންގޭނެ"
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ޗާގޯސްގެ މައްސަލާގައި ޕީޕީއެމުން ނަޝީދު އަރިހަށް!
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު