03 ޖޫން 2023
ކުރަންވީ ކަމަކީ ޗާގޯސް (ފޯޅަވަހި) ހޯދުމުގެ މަސައްކަތް ކަމަށާއި އޭރުން ރާއްޖެ އަށް ކަނޑުގެ ސަރަހައްދު ލިބޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިނގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ކުރަންވީ ކަމަކީ ޗާގޯސް (ފޯޅަވަހި) ހޯދުމުގެ މަސައްކަތް ކަމަށާއި އޭރުން ރާއްޖެ އަށް ކަނޑުގެ ސަރަހައްދު ލިބޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިނގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން "ކަނޑު ވިއްކާލީ" ނޭނގިގެން ނޫން ކަމަށެވެ. ޗާގޯސް "ވިއްކާލުމަކީ" ސަރުކާރުގެ ވެރިން ގައުމަށްވީ ބޮޑު ހިޔާނާތެއް ކަމަށް އޭނާ ވިދާޅުވި އެވެ
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޗާގޯސް ހޯދުން ކަމަށެވެ. ފޯޅަވަހި ލިބުމާ އެކު ދިވެހިންގެ ކަނޑު ދިވެހިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
""މި ކަނޑަކީ ބައިކުރަންޖެހޭ ތަނެއް ނޫން. މިއީ ކީއްކުރަން ބައިކުރާ ތަނެއްތޯ؟ މިއީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރޭގެ ޖަލްސާގައި އިސްކޮށް ތިއްބެވީ ސިޔާސީ ގޮތުން ފިކުރު ތަފާތު ބޭފުޅުންނަށް ވިޔަސް އެ އިން ކޮންމެ ބޭފުޅަކު ވެސް ދިވެހި ގައުމުގެ ހައްގުގައި ތެދުވެވަޑައިގަތީ މިނިވަންކަމަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން އަމަލު ކޮށްފައި ވާތީ ގައުމުގެ ދިފާއުގަ އެވެ.
ރޭ ޖަލްސާގައި ބައިވެރިވި ބައެއް މީހުން: އަބްދުއްރަހީމް ވިދާޅުވީ މިގައުމުގެ މިނިވަންކަމާ ކުޅޭނަމަ މިނިވަންކަމުގެ ދިފާއުގައި ދިވެހިން އަބަދުވެސް ނިކުންނާނެ ކަމަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"އިބްރާހީމް މުހައްމަދު ސޯލިހް އަށް ދަންނަވަން ބޭނުންވަނީ ހަމަ ހިލާ ތިހެން ނުހެދޭނެއޭ. މަނިކުފާނުގެ ވެރިކަން އަޅުގަނޑުމެން ނިމުމަކަށް ގެންނާނަމޭ. ވައްކަން ކޮށްފިއޭ މި ގައުމުން. ހިޔާނާތްތެރިވެއްޖައީމުއޭ މި ގައުމަށް. ގާނޫނުއަސާސީއާ ހިލާފުވެއްޖައީމުއޭ މަނިކުފާނު. އެހެންނަކުން ނުހެދޭނެއޭ. ދިވެހި ލޭ ހިނގާ ދިވެހި ދަރިން މި ގައުމުގައި އެބަތިއްބޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކަނޑު ވިއްކުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގައި އިސްކޮށް ތިއްބަވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ރޭގެ ޖަލްސާގައި އަބްދުއްރަހީމްގެ އިތުރުން އެމްއެންޕީގެ ރައީސް ނާޒިމާއި އުމަރާއި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިނާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ މުހައްމަދު ވަހީދު ވެސް ވާހަކަ ދެއްކެވި އެވެ.
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ޗާގޯސްގެ މައްސަލާގައި ޕީޕީއެމުން ނަޝީދު އަރިހަށް!
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު