25 އޮކްޓޯބަރ 2022
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، އެކި މައްސަލަތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުބައި ލަފާ އަރުވަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމުން ރިފްއަތު ވަކިކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، އެކި މައްސަލަތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުބައި ލަފާ އަރުވަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމުން ރިފްއަތު ވަކިކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ޔާމީން ވަނީ މިހާރު ހޫނުވެގެން އުޅޭ ޗާގޮސްގެ މައްސަލާގައި ވާހަކަ ދައްކަވައިފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައެއް މޮރިޝަސް އަށް ވިއްކާލާފައިވާ މޭރުމުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެކަމަކީ ބަޔަކު ހިލޭ ކުރާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާއި ގިނަ ބަޔަކު ވެސް ގަބޫލުކުރަނީ ކަނޑުގެ ބައެއް ވިއްކާލައި "ބަޔަކު" އޭގެ ފައިސާ ނަގާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
"ފޯޅަވެހި (ޗާގޮސް) އޮންނަތާ އެތައް ސަތޭކަ އަހަރެއްވެއްޖެއެއްނޫންތޯ. މިއަދު ކޮން ސިއްރު އެގްރީމެންޓެއްގެ ވާހަކަތޯ މި ދެކެވެނީ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، އަޅުގަނޑު ދަންނަވާނީ ވިއްކާލާފައޭ އޮތީ. އެ ލާރި ނެގި ބަޔަކު ލާރި ނަގާފައި އޮންނާނީ. އެގޮތަށް ގިނަ ބަޔަކު ގަބޫލުކުރަނީ. ހިލޭ ކުރާވަރު ކަންތައްތަކެއް ނޫން -- ޔާމީން
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދާ ގޮތަށް އެއްބަސްވެ، ރައީސް މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވި ކަމަށް ދެކެވޭ ވާހަކަތަކަށް އެއްވެސް ރިއެކްޓެއް ނުކުރައްވާތީ ޔާމީން ވަނީ އެކަމާ ހިތްހަމެނުޖެހި ވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.
"ރައްޔިތުންނާ ގުޅޭ މިކަހަލަ ކަންކަމުގެ ވާހަކަ އައިމަ ރިއެކްޓް ކުރަންޖެހޭނެ. ރައްޔިތުން ކައިރިއަށް އައިސް އޮޅުންފިލުވައިދޭން ޖެހޭނެ. ކީއްވެގެން ފޮނުވަންޖެހުނު ސިޓީއެއްތޯ އޮޅުންފިލުވައިދޭންޖެހޭނެ،"
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދޫގައި ތިއްބެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
އެކަމުގައި ބަންޑާރަ ނައިބް ކަންތައްކުރެއްވި ގޮތުން ޔާމީން ވިދާޅުވީ ހާރިޖީ ސިޔާސަތު ނިންމަވާއިރު މަޖިލީހުގެ ބަސް ހޯދަން ނުޖެހޭ ކަމަށް ރިފްއަތު ވިދާޅުވިޔަސް ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ.
"ބަންޑާރަ ނައިބް މި ނުބައި ލަފާދީގެން މިއުޅެނީ. ބަންޑާރަ ނައިބް ބުނެފި ރައީސް ނުޖެހެޔޭ ހާރިޖީ ސިޔާސަތުގެ ކަންކަން ކަނޑައަޅާއިރު ރައްޔިތުންގެ މަޖިލީހަށް ދާކަށް. އެހެންވީމަ އަޅުގަނޑު ދަންނަވާ ވާހަކައަކީ ދުނިޔޭގެ އެހެން ތަނެއް ނަމަ، ޑިމޮކްރަސީގެ ނަމޫނާ ތަނެއް މިއީ. މިވަރުގެ ކަމެއް ކޮށްފިއްޔާ އޭނާ އަމިއްލައަށް އިސްތިއުފާ ދޭނެޔޭ. މިހާރު އިސްތިއުފާ ނުދެންޏާ މަޖިލިސް މެމްބަރުންނަށް މި ދަންނަވަނީ އަޒުލުކުރާށޭ،" ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗާގޮސް މައްސަލައާ ގުޅިގެން ދެއްވި ލަފާއާ މެދު ހިތްހަމެނުޖެހި ވަޑައިގެން ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިފްއަތު މަގާމުން ވަކިކުރުމުން ދެން އެކަމުގައި އަސްލު ހިނގި ކަންތައްތައް ވެސް ސާފުވާނެ ކަމަށެވެ. އެ ނިންމުން ނިންމުގައި ބަޔަކަށް ފައިސާ ލިބުން ނަމަ އެކަން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅުގެ ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ޕީޕީއެމް
ޔާމީން ވިދާޅުވި ގޮތުގައި މިސަރުކާރުން ނިންމާފައިވާ އެ ކަންތައްތައް އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ، ކެންސަލްކުރައްވާނެ އެވެ. އެކަމަކު އެކަމުގައި ނިކުންނަ މައްސަލައަކީ "މިއީ ވަރި ކައިވެނި މައްސަލަ ގޮތަށް ލާރި" ދޭންޖެހޭ ކަމަކަށް ވުން ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރިން އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެއާޕޯޓް ވިއްކާލާފައިވަނިކޮށް އެތަން އަނބުރާ ހޯދީ ވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
ޔާމީން ވަނީ އެމަނިކުފާނު ޓްރޭޑް މިނިސްޓަރަކަށް ހުންނެވި ޒަމާނުގައި ކަނޑުގެ އީއީޒެޑް ހިމެނޭ ސަރަހައްދުން ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރަން ފުރުސަތު ދެނީ ދިވެހި މަސްވެރިން މަހަށް ނުނިކުންނަ ސަރަހައްދުން ކަމަށާއި އެކަމަކު އެ ދުވަސްވަރު ވެސް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތަކުން ވަނީ ޔާމީން ރާއްޖޭގެ ކަނޑުގެ ބައެއް ވެސް ވިއްކާލި ކަމަށް ބުނެ އެތައް ތުހުމަތެއްކޮށްފައި ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު އެމަނިކުފާނަށް އޭރުކުރި ހުރިހާ ތުހުމަތެއް އެމްޑީޕީގެ ސަރުކާރުގައި ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ފިތުރަތުގެ ވަރުގަދަ އިމްތިހާނެއް. އޭރު އެމީހުން [އެމްޑީޕީ] އަޅުގަނޑާ ދިމާލަށް ކިޔާފައި ހުރި ހުރިހާ ވާހަކައެއް އެމީހުންގެ ވެރިކަމުގައި ރައްޔިތުންނަށް ފެނިގެން މިދަނީ އެއަށް ވުރެ ފުރިހަމައަށް ކުރަމުންދާތަން،" އިދިކޮޅުގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
"މިހާރު މިއޮތީ ކަނޑު ވިއްކާލާފައި. މިހާރު މިއޮތީ ދިވެހިރާއްޖޭގެ ކަނޑުގެ 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވިއްކާލާފައި."
ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅުގެ ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ޕީޕީއެމް
މި ސަރުކާރުގެ ކަންކަމަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ "މިއީ ނިމިފައި އޮތް ސަރުކާރެއް" ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި މި ސަރުކާރަށް ކާމިޔާބު ހޯދައިދޭން މި ސަރުކާރުގެ މީހުން ވެސް ވޯޓު ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި 2018 ގެ ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނަ ވައުދުފުޅުތަކެއް ވެލެއްވި ނަމަވެސް ނ. އަތޮޅަށް އެކަނި ބަލާލިޔަސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާބޮޑު ކަމެއް ކުރެވިފައެއް ނެތެވެ.
މި ސަރުކާރުގެ ލީޑަރުންގެ އަޑެއް ނީވޭތީ އެކަމުގައި ވެސް ޔާމީން ފާޑުވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ މީހުން ކުރިއަށް އޮތް ދުވަސްތަކުގައި ތަފާތު އެކި ވާހަކަތައް ދައްކައިގެން ރައްޔިތުން ހެއްލުމަށް މަސައްކަތްކުރާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތީ "ދޮންދޫނި ހިފާ މޫސުން" ކަމަށްވެފައި ރައްޔިތުން ތިބެން ވާނީ "ކިރު އިލޮށި ރަނގަޅަށް ތައްޔާރުކޮށްގެން ކަމަށެވެ.
"މީގެ ތެރޭގައި ތިބޭފުޅުން ހިފާފައި ލޯބިން ގެންގުޅޭނެ ދޫންޏާއި ހިފަން ބޭނުން ނުވާ ދޫނި ހުންނާނެ. އެހެންވީމަ އެކަމަށް ސަމާލުކަން ދެއްވާ، ފުރަތަމަ އެބޭފުޅުން ކުރީގައި ދައްކަވާފައި ހުރި ވާހަކައަށް ޖަވާބުދާރީ ކުރުވާ.. އަޅުގަނޑުމެންނަށް ވުރެ ބޮޑެތި ވަގުން ނޫނީ ހިޔާނާތްތެރިން ނެތް ކަމަށް ދެއްކި ވާހަކައަށް ޖަވާބުދާރީކުރުވާ،"
N. atholhah Raees Yameen kuravva dhathurufulhugai miadhu N. Kendhikulhudhoo ah vadaigennevumun dhennevy hoonu marhabaa eh. #RY2023 pic.twitter.com/fJWnYAnFgs
— Progressive Party of Maldives (@ProgressPartyMV) October 25, 2022
ކެމްޕެއިނަށް ނ. އަތޮޅަށް ވަޑައިގަތުމުން ޔާމީނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި.
ޔާމީން ވިދާޅުވީ އެއްވެސް ފަސްޖެހުމެއް ނެތި މީހުންގެ އަނބުރަށް އަރައިގަންނަ މައްސަލައާ ގުޅިގެން އެކަން ކުށަކަށް އެމަނިކުފާނުގެ ސަރުކާރުގައި ހެދިޔަސް މި ސަރުކާރު އައި ގޮތަށް އެކަން އުވާލުމާ އެކު ފެނިގެންދިޔައީ "ހައިވާނު ބަގީޗާގެ ދޮރު ހުޅުވިގެން" ދިޔަ މަންޒަރު ކަމަށެވެ.
"ހުރިހާ ހައިވާނުތައް މި ނުކުތީ މި މީހުން ފަހާ. މިހާރު ރައީސްއާ ދިމާލަށް މީހުން އެބުނަނީ އެމްއެމްޕީއާރުސީ ފައިސާ އެމަނިކުފާނަށް ލިބުނޭ. އެހެންވެ އަޅުގަނޑު އަބަދުވެސް ދަންނަވަނީ ގައުމުގެ ރައީސްކަން ކުރަންޏާ ތަންކޮޅެއް ފިރިހެންވާންޖެހެޔޭ،" ޔާމީން ވިދާޅުވި އެވެ.
"ފިރިހެންވާން ބޭނުން ނަމަ" ޅިޔަނު ފަހަރިން ލައިގެން މުވައްސަސާތައް ނުހިންގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ ޖަލްސާގައި ޔާމީން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރުގެ ސިފައިން އެބަ ތިބި ކަމަށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވައިފަ އެވެ. އަދި މި ސަރުކާރަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ރަށްތަކުން ދިވެހިން ބާލާނެކަން ފާހަގަކުރައްވާ، ޔާމީން ވަނީ ހަނިމާދޫން ދިވެހިން ބާލާނެކަން ޔަގީންކަމަށް ވިދާޅުވެފަ އެވެ.
"ހަނިމާދޫ ރައްޔިތުންނަކަށް ތަސައްލީއެއް ނެތް. މިއަންނަ އަހަރު ރައްޔިތުންގެ ވޯޓުން މި ސަރުކާރަށް ތާއީދުކޮށްފި ނަމަ، ހަނިމާދޫ ރައްޔިތުން ފުރަތަމަ ކަމަކަށް ޖެހޭނީ ފައިބާން. މިއީ ސީރިއަސް ވާހަކައެއް."
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ރިފްއަތު ޖަވާބުދާރީވީ ލިޔުމުން، ސުވާލެއްގެ ތެރެއަށް!
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
"ބިޔަބަޖެޓެއް ހުށަހެޅިޔަސް ބޮޑެތި މަޝްރޫއު ނުހިންގޭނެ"
އިމުގެ މައްސަލަ: ސްޓޭންޑް ރަނގަޅުތޯ ބަލަން ގޮވާލައިފި
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް