27 އެޕްރީލް 2023
ޗާގޯސް މައްސަލަ މަޑުޖައްސާލުމަށް އެދި އިދިކޮޅު ޕީޕީއެމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް އިއްޔެ ސިޓީއެއް ފޮނުވައިފި އެވެ.
ޗާގޯސް މައްސަލަ މަޑުޖައްސާލުމަށް އެދި އިދިކޮޅު ޕީޕީއެމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް އިއްޔެ ސިޓީއެއް ފޮނުވައިފި އެވެ.
ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި އެ ސިޓީއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެއީ ދިވެހިންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ އެ މައްސަލާގައި ދޫދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެއާއެކު، އެތައް ދިވެހިންނަކަށް، ހާއްސަކޮށް މަސްވެރިންނަށް ގެއްލުން ލިބޭ ކަމަށް ބުނެ އެ ސިޓީގައި ސޮއިކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް އަބްދުއްރަހީމް އިއްޔެ ދައުވަތު ދެއްވި އެވެ. އެއީ ޖޭޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި އެމްއާރުއެމާއި އެމްއެންޕީ އެވެ. ނަމަވެސް، އެ ސިޓީގައި އިތުރު ބަޔަކު ސޮއެއް ނުކުރެ އެވެ.
ޗާގޯސްގެ މައްސަލާގައި ސަރުކާރުން ކަން ކޮށްފައިވާ ގޮތް ސާފުކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ފޮރިން މިނިސްޓްރީ އަށް ވެސް އިދިކޮޅުން ވަނީ ސިޓީ ފޮނުވައިފަ އެވެ. އެ މައްސަލަ ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ޕީޕީއެމް ކޯލިޝަނުން ސިޓީ ފޮނުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޗާގޯސްގެ މައްސަލާގައި އިޓްލޮސް އަށް މިއަދު ހެނދުނު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި އެދިފައިވަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށެވެ.
ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރު ވަނީ ނިންމާލައިފަ އެވެ. އިމުގެ މައްސަލައިގެ ވާހަކަ އަނެއްކާ ވެސް ދެއްކެވެން ފެށީ އިޓްލޮސް އިން މާދަމާ ގޮތް ނިންމާތީ އެވެ.
އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެ އިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފަ އެވެ. އޭގެ ކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ. އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ. ޗާގޯސްއަކީ އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދިނުމުން އެމެރިކާ އިން މިހާރު އަސްކަރީ މަރުކަޒެއް ގާއިމް ކޮށްފައިވާ ތަނެވެ. އެތަނުގެ މިލްކުވެރިކަމުގެ މައްސަލާގައި އިނގިރޭސި ވިލާތާއި ޗާގޯސްއާ ދެމެދު އަބަދުވެސް ހިޔާލު ތަފާތުވެފައި ވެ އެވެ.
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ޗާގޯސްގެ މައްސަލާގައި ޕީޕީއެމުން ނަޝީދު އަރިހަށް!
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
ބޭރުގެ ސިފައިން ތިބި ކަމުގެ ގާނޫނީ ހަމައެއް ނެތް:ޖޭޕީ
އިންޑިއާއާ ގުޅިގެން ކުރިއެރުމެއް ނެތް: އަބްދުއްރަހީމް