02 ޖޫން 2023
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވާ ކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވާ ކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވުމުގެ "މޯރަލް އޮތޯރިޓީ" އެއް މިހާރު ނެތް ކަމަށާއި އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ދެން ގެއަށް ވަދެވަޑައިގަންނަވާނީ މަސްކަނޑުތައް އަބުރާ ހޯދުމަށް ފަހު ކަމަށެވެ.
ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ވިދާޅުވިގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުވާ ކުރައްވަނީ "ކަނޑު ވިއްކާލުމުގެ" ބަދަލުގައި މުޅި ދިވެހި ގައުމަށް ލިބުނު ގެއްލުމާ ހެދި ކަމަށެވެ.
"ބައެއް ފަހަރަށް ރައީސަށް ހީފުޅުވެދާނެ ސަރުކާރެއްގައި ހުންނެވީމާ ތިމަންނަގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއޭ. އަޅުގަނޑު ދަންނަވަންތޯ، އަޅުގަނޑުމެންނަށް ދައުވާ ވެސް ކުރެވޭނެ. ގާނޫނުއަސާސީގައި އެބަ ބުނޭ އަޅުގަނޑުމެންނަށް ދައުވާ ކުރެވޭނެ ކަމަށް،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ރައީސުންޖުމްހޫރިއްޔާގެ މައްޗަށް މި ކަމުގައި [ޗާގޯސް މައްސަލައިގައި] ދައުވާ ކުރާނެ ވާހަކަ ވެސް ދަންނަވަން."
ޗާގޯސް މައްސަލާގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސިޔާސީ ބައެއް ލީޑަރުން.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަބުރާ ގެންނެވުމަށް ވެސް އެ މަނިކުފާނު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ރައީސަށް މާފު ނުކުރެވޭނެ ކަމަށާއި ޗާގޮސް ހޯދުމަށް ރާއްޖެ އިން މަސައްކަތް ކުރާން ޖެހޭނެ ކަމަށެވެ.
"ސާޅީސް ހަތަރު އަކަ ކިލޯމީޓަރު ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންނަށް މަޑުން ތިބެވޭ ވަރު ކަމެއް ނޫން. އަޅުގަނޑުމެން މި ކަމަށް އަޑު އުފުލަން ޖެހޭނެ. އަޅުގަނޑުމެން މަގުމަތީގަ އާއި އުފުލުނު ތަނެއްގައި [އަޑު] އުފުލާ މި ކަމުގައި ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.
ސިފައިންގެ ހިދުމަތުގައި 18 ވަރަކަށް ހޭދަކުރެއްވި ނާޒިމް ވިދާޅުވިގޮތުގައި، ދިވެހި މަސްކަނޑުތަކަކީ ސިފައިންގެ ކޯސްގާޑް ނެތް ޒަމާނުގައި ވެސް ދިވެހި މަސްވެރިން ނުކުމެ ހިމާޔަތްކުރި ތަންތަނެވެ. އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ދިވެހި މަސްވެރިން ހިމާޔަތް ކޮށްފައި ވަނިކޮށް، ދިވެހިންގެ އެ ކަނޑު ރޯދި މަދު ޑޮލަރުކޮޅަކަށް "ވިއްކާލި" ކަމަށް ވެސް ނާޒިމް ތުހުމަތު ކުރެއްވި އެވެ. "އަޅުގަޑުމެން ޖެހޭނީ ނުކުންނަން. ފޯރީގައި ނުކުންނަން ޖެހޭނެ. އަޅުގަޑުމެންގެ ލަޝްކަރު މި ތަނަށް ނުކުމެ މި ތިބީ މި މަސްކަނޑުތައް އަނބުރާ ހޯދަން. އަޅުގަޑުމެން ހޯދާފައި ނޫނީ [ގެ އަށް] ވަދެގެން ނުވާނެ،" ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި އެވެ.
"އަޅުގަޑުމެން މިތާ މި ތިއްބެވި ހުރިހާ ޕާޓީތަކުގެ ވެރިންނާއި ތި އެންމެހާ ބޭފުޅުން މި ތިބީ އަޅުގަނޑުމެންގެ ހުރިހާ ކުލަތަކާއި ފިކުރުތައް ދޫކޮށްފައި. އަަޅުގަޑުމެން މި ތިބީ އެކަތިގަނޑެއްގެ ގޮތުގައި މި ތަނުގައި."
މިރޭގެ ޖަލްސާގައި ބައިވެރިވި ބަޔަކު ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ބެނާތަކެއް ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ނާޒިމްގެ އިތުރުން މިރޭގެ ޖަލްސާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާއިޝަތު އާޒިމާ ޝަކޫރާއި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ މުހައްމަދު ވަހީދު ވެސް ވާހަކަ ދެއްކެވި އެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ސިޓީފުޅު އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
ޗާގޮސް މައްސަލަ: އެމްއެންޕީގެ ހުށަހެޅުމެއް ރައީސަށް
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކުރެވޭނެ؟
ރައީސްގެ މޮރިޝަސް ސިޓީ ހޯދަން އިދިކޮޅުން ރައީސްއޮފީހަށް
އިލްމުވެރިންގެ ގުޅުމުގެ ތިން ހުށަހެޅުމެއް ރައީސަށް
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ