04 ސެޕްޓެމްބަރ 2023
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ދެކުނުގެ ކަނޑުން ބައެއް ވެސް އަދި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ދެކުނުގެ ކަނޑުން ބައެއް ވެސް އަދި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.
ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނިކޮށެވެ. އެއީ އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ދަށުން، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާތީ، އިޓްލޮސް އަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލާގައި ދިވެހި ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ދިރާސާއެއް އަންނަނީ ކުރަމުންނެވެ.
އެ މަނިކުފާނު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާ ކައުންސިލާ މިހާރު ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރަމުންދާ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ލޯ ރިވިއު ކޮމިޓީ (އެލްއާރުސީ) އާ ހަވާލާ ދެއްވައި ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް "މިހާރު" އަށް ވިދާޅުވީ، އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސް އަށް ހުށަހެޅި ހުރިހާ ލިޔެންކިޔުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މޮރިޝަސް އަށް ފޮނުވި ސިޓީފުޅު ވެސް ހިމެނޭ ކަމަށެވެ.
އެ ސިޓީގެ ސަބަބުން [އިން ވަކި ކުރުމުގައި] އިޓްލޮސްގެ ނިންމުމަށް ވެސް، ކަނޑުގެ ސަރަހައްދުން ބައެއް ވެސް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ކޮމިޓީން ވިދާޅުވެފައި ވަނީ،" --- ވިޝާމް
އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީއާ ހިއްސާކުރި ސިޓީފުޅުގެ ކޮޕީގެ ސައްހަކަން ބެލުމަށް ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް ރައީސް އޮފީހަށް ވަޑައިގެން އަސްލު ބެއްލެވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ލިބިފައި އޮތް ކޮޕީއަކީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީކަން ޝައްކެއް ނެތް މިންވަރަށް ކޮމިޓީ އަށް ވަނީ ޔަގީން ކުރެވިފައި،" ވިޝާމް ވިދާޅުވި އެވެ.
އެ ސިޓީގައި އިޓްލޮސްގެ ނިންމުމަށް ވެސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ އެއްވެސް ވާހަކައެއް ނެތް ކަމަށް ކޮމިޓީން ދިން މައުލޫމާތާ ހަވާލާދެއްވައި އޭނާ ވިދާޅުވި އެވެ.
"އެ ސިޓީގެ ސަބަބުން [އިން ވަކި ކުރުމުގައި] އިޓްލޮސްގެ ނިންމުމަށް ވެސް، ކަނޑުގެ ސަރަހައްދުން ބައެއް ވެސް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ކޮމިޓީން ވިދާޅުވެފައި ވަނީ،" ވިޝާމް ވިދާޅުވި އެވެ.
ކޮމިޓީއާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި ގޮތުގައި، އިޓްލޮސް އަށް ހުށަހެޅި ހުރިހާ ލިޔެކިޔުންތަކެއް ވަރަށް ތަފްސީލީ ގޮތެއްގައި ދިރާސާކޮށް، ދިވެހި ދައުލަތުން އެ މައްސަލާގައި ވަކާލުކުރި ގޮތް ގޯސް ކަމަށް ވިދާޅުވާ ބޭފުޅުންގެ އިންޓަވިއު ވެސް ހިމަނައިގެން ފުރިހަމަ ރިޕޯޓެއް އެކުލަވާލައި އާންމު ކުރާނެ އެވެ.
އެ މައްސަލާގައި ދިވެހި ދައުލަތުން ވަކާލާތުކުރީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަށްތޯ ނުވަތަ ނޫންތޯ ވެސް ރިޕޯޓްގައި ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
އިލްމުވެރިންގެ ގުޅުމުގެ ތިން ހުށަހެޅުމެއް ރައީސަށް
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ
އިމުގެ މައްސަލަ: ރާއްޖޭގެ ކާމިޔާބަށް ޝަހީދުގެ ތައުރީފު
މެމްބަރުން ގޮވާލީ ރައީސްގެ ސިޓީ މަޖިލީހަށް ފޮނުވަން!
ޗާގޮސް މައްސަލަ: އެމްއެންޕީގެ ހުށަހެޅުމެއް ރައީސަށް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!