08 މެއި 2023
ރާއްޖެ-މޮރިޝަސްގެ އިން ވަކި ކުރި މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކޮށްފި އެވެ.
ރާއްޖެ-މޮރިޝަސްގެ އިން ވަކި ކުރި މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި މައްސަލަ" އާ ގުޅިގެން ނަޝީދާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، ޗާގޯސްގެ މައްސަލާގައި ހުރި ކަންބޮޑުވުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ނަޝީދާ ހިއްސާކުރި ކަމަށާއި އޭގެ ތެރޭގައި ގަބޫލު ނުކުރެވޭ ކަންކަން ހިނގާފައިވާ ކަމަށް ނަޝީދު ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"ސިޔާސީ ކަމެއްގައި ނޫން މި ބައްދަލު ކުރީ. ގައުމީ ކަމެއްގައި. އޭގައި މައްސަލައެއް ނެތް. އެއީ [އިން ވަކި ކުރުމަކީ] ގޯހެއް ކަމަށް ނަޝީދު ވެސް ގަބޫލު ކުރައްވާ،" އަދުރޭ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ޕީޕީއެމް ކޯލިޝަނާއި ޖޭޕީ އާއި އެމްއެންޕީ އާއި އެމްއާރުއެމް އަދި ފިކުރެއްގެ ދިރުން ފެކްޝަނާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށް ޑރ. މުހައްމަދު މުނައްވަރާއި އާއިޝަތު އާޒިމާ ޝަކޫރު ވަނީ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
މެމްބަރުން ގޮވާލީ ރައީސްގެ ސިޓީ މަޖިލީހަށް ފޮނުވަން!
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ