02 ނޮވެމްބަރ 2022
އަންނަ އަހަރަށް ލަފާކޮށް، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 42 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެއް ހުށަހެޅީ ވައުދުތައް ފުއްދައި ބޮޑެތި މަޝްރޫއުތަކެއް ހިންގަން ކަމަށް ސަރުކާރުން ބުންޏަސް އެކަމަށް ވަގުތެއް މިހާރަކު ނެތް ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 42 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެއް ހުށަހެޅީ ވައުދުތައް ފުއްދައި ބޮޑެތި މަޝްރޫއުތަކެއް ހިންގަން ކަމަށް ސަރުކާރުން ބުންޏަސް އެކަމަށް ވަގުތެއް މިހާރަކު ނެތް ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހޯމަ ދުވަހު މަޖިލިހަށް ހުށަހެޅުއްވި ބަޖެޓުގައި އަދަދުތަކެއް ޖަހާފައި ވަނީ "ރައްޔިތުންނަށް ގުނބޯ ހައްދަން" ކަމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދެމެދު ވައުދު ފުއްދަން ލިބެނީ ހަތަރު މަސް ކަމަށާއި އެ މުއްދަތުގައި އެއްވެސް ކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ލާރި ލިބެން ފަށަނީ އެޕްރީލް މަހާ ހިސާބުގައި. ކުރާ ކަމެއް ކޮށް ނިންމަން ޖެހޭ ސެޕްޓެމްބަރު މަހާ ހަމައިގައި. އެހެންވީމާ ވިދާޅުވޭ ހަތަރު މަސް ބައިގެ ތެރޭގައި ބަނދަރެއް ހަދާ ނިމޭނެތަ؟ މަގެއް ހަދާ ނިމޭނެތަ؟ ކޯއްޗެއް ދެން ނިމޭނީ،" ޔާމީން ސުވާލުކުރެއްވި އެވެ.
"އެހެންވީމާ ރައްޔިތުން ކައިރީގައި ކޮން ވާހަކައެއް ދައްކަން މި އުޅެނީ. ބޮޑެތި ހޮސްޕިޓަލްތައް އަޅާ ވާހަކަ ދައްކަނީ. މިހާރު ވެސް ހަދާ ގޮތަށް ހާވާލެވިދާނެ ތަނެއް."
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖެއަށް ލިބޭ އާމްދަނީއަކީ ހުރިހާ ޓެކްސްތަކާ އެކު އަހަރެއްގެ މައްޗަށް 20،000 މިލިއަން ކަމަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
"މިހާރު ހުށަހަޅައިގެން މި އުޅެނީ 42 ބިލިއަން، އެހެންވީމާ ލިބޭވަރުގެ ގާތްގަނޑަކަށް ދެބައި. ދެން އެބައި ފޫބައްދަން ކިހިނެއްހޭ ހަދާނީ، ފޫބައްދަން ކަރުދާހުގައި ލިޔާ ކޮންމެ އެއްޗަކީ ހަގީގަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
2023 ގެ ދައުލަތުގެ ބަޖެޓް ފޮތް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކަރުދާހުގައި ޖަހާ ހިސާބުތަކަކީ އޭގެ ޒާތުގައި ލިބޭނެ އެއްޗެއް ނޫނެވެ. މި އަހަރުގެ ބަޖެޓާއި ކުރީގެ އަހަރުުގެ ބަޖެޓުން ވެސް އެކަން ފެންނަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި، ބޭރުގެ އެހީ ލިބޭނެ ކަމަށް ޖަހާފައި އޮތް އަދަދާ ގާތްކުރާ ވަރަށް ވެސް ނުލިބުނު ކަން ފާހަގަކުރައްވައި ޔާމީން ފާޑުވިދާޅުވި އެވެ. އެހީގެ ގޮތުގައި ފައިސާދޭނެ ބަޔަކު ނުވި ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވެސް ވިދާޅުވެފައިވާ ކަމަށާއި ދެން ވެސް ދާން ޖެހޭނީ "ބޮޑުބޭބެ"ގެ ގާތަށް ކަަމަށް ވިދާޅުވި އެވެ.
"ބޮޑުބޭބެ ވެސް ދޭކަށް ނެތް ލާރިއެއް. އެހެންވީމާ މިހާރު އެ ހިނގާ ބަޖެޓުގެ ދެގުނަ ޖަހައިގެން މި އަންނަ އަހަރު، އެ އުޅެނީ ރައްޔިތުން ގުނބޯ ހައްދަން،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހަށް ހުށަހެޅީ ވައުދު ފުއްދުމުގެ ބަޖެޓެއް ކަމަށް ވެސް ބުނާ ކަމަށާއި އެކަމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ވާހަކަ އާއި ބަޖެޓުގައި އޮތް ވާހަކައެއް ދިމައެއް ނުވާ ކަމަށެވެ.
ކޮވިޑުގެ ދެ އަހަރަށް ފަހު ވެސް ވައުދުތަކުގެ 95 ޕަސެންޓް ފުދިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ބޮޑެތި މަޝްރޫއުތަކަށް މިހާރު ވަގުތެއް މިސަރުކާރަކަށް ނެތް ކަމަށް ވިދާޅުވި އެވެ.
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް
ނިހާން ތިނަދޫ މީހުންނަށް:ރައީސްގެ ގާތްކަން ކޮބާ؟
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
"ފުއްގިރި ދޫކުރީ ހުށަހެޅުނު އަގަށްވުރެ ކުޑަ އަގަކަށް"