ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ނަމަވެސް އެ ޓީމުގައި ހިމެނޭ ވަކީލް ޝިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ސަރުކާރުން ދޮގު އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައިގެން ޔާމީންގެ މައްޗަށް ދައުވާތައް އުފުލައި، ނުހައްގުން ޖަލަށްލީ ޔާމީނާއި ޕީޕީއެމް ބަލިކޮށްލުމަށް ކަމަށެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި އޭރު ވެސް މިހާރު ވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީންނެވެ. އެ މީހުންގެ ބޭނުމަކީ ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތައް ކުރުމުގެ އިތުރުން ސިޔާސީ ފައިދާ ނެގުން ކަމަށް ވެސް ޝިޔާޒްގެ ޓްވީޓްގައިވެ އެވެ.
2018 ނޮވެމްބަރ 17 ގައި އެމްޑީޕީ އިން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވުމާއެކު ނިޒާމީ ގޮތެއްގައި ރޭވިގެން ރައީސް ޔާމީނާ ސަރުކާރުގެ އޮފިޝަލުންްގެ މައްޗަށް ހަޤީގަތެއް ނެތް އިންޓެލިޖެންސް ރިޕޯރޓްތައް އުފައްދައި ދޮގު ތުހުމަތުތައް އުފުލިއެވެ. ރައީސްޔާމީން އާ…
— Abdulla Siyaz (@AbdullaSiyaz) April 17, 2024
ވަކީލް ޝިޔާޒްގެ ޓްވީޓް
ޔާމީން ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން، އެ މަނިކުފާނު އިސްވެ ހުންނަވައިގެން އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އެ މަނިކުފާނުގެ އިސްތިއުނާފް ލަސް ކުރަނީ މި ސަރުކާރުން ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވަ އެވެ. އެކަމަކު މި ސަރުކާރުގެ އިސްވެރިން ވިދާޅުވަނީ މިއީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށާއި ޝަރުއީ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށެވެ.
ޔާމީން ވަރަށް އަވަހަށް މިނިވަންވާނެ ކަމުގެ ޔަގީންކަން!
އިންތިހާބަށް ވަގުތު އޮއްވާ ޔާމީން މިނިވަންވާނެ:ވަކީލުން
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
ޔާމީންގެ ރައްދު: ފުލުހުން ފޮނުވިން، އެއީ ވޯޓުގުނަން!
"އިހަވަންދޫގެ ފިނި ތަރުހީބުން ޔާމީނަށް ދިނީ މެސެޖެއް"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
"އިންޑިއާ އައުޓް" ގާނޫނަކުން ނުހުއްޓުވޭނެ: ޔާމީން