މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިންސާފުވެރިކޮށް ބާއްވައިފި ނަަމަ، މި ސަރުކާރު ބޭޒާރުވާނެ ފަދަ ނަތީޖާއެއް ނެރޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2021
މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިންސާފުވެރިކޮށް ބާއްވައިފި ނަަމަ، މި ސަރުކާރު ބޭޒާރުވާނެ ފަދަ ނަތީޖާއެއް ނެރޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ، ވޯޓު އޮޅުވައިލުމަށް އެކި މަަސައްކަތް ކުރިކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، ތަކުރާރުކޮށް އެކި ތަންތަނުގައި އެކި މީހުން ވޯޓުލަމުންދާ ކަމަށާއި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ވޯޓުލާން ފެށި ފަހުންް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވޯޓުލާ އެކި މަރުކަޒުތަކަށް ވަޑައިގެން ފާޅުގައި ކެމްޕެއިން ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަޝީދު ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ސައިކަލެއްގެ ފަހަތުގައި، ވޯޓުލާ އެކި މަރުކަޒުތައް ކައިރިއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވައި ވާނުވާ ބައްލަވައިފަ އެވެ. އެ މަނިކުފާނު އެކަން ކުރެއްވީ ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ކަމަށް ވިދާޅުވެ އެވެ.
އެކަމުގެ ޝަކުވާތައް މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެކަންކަން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިއަދުގެ ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މިހާރު ލިބޭ މައުލޫމާތުގައި ވަރަށް ނުބައި ރޭވުންތައް މި ސަރުކާރުން އެބަ ރާވާ. މުޅި މި ރާއްޖޭގެ ވޯޓު އޮޅުވައިލުމުގެ ކަންތައްގަނޑެއް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުރެ ކުރަމުންދާ ކަމުގެ މައުލޫމާތެއް ރާއްޖޭގެ އެކި އަތޮޅުތަކުންްނާއި ރަށްރަށުން އެބަ ލިބޭ - އަބްދުއްރަހީމް
އޭނާ ވިދާޅުވިގޮތުގައި، އިންސާފުވެރިކަމާއެކު މި އިންތިހާބު ބާއްވައިފި ނަމަ، އިދިކޮޅުން ބޮޑުތަނުން ސަރުކާރު ބަލިކުރާނެ އެވެ. ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
ވޯޓު ފޮށިތަކެއް އަލުން ގުނުމާ ދިމާކޮށް ހަމަނުޖެހުމެއް
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"
ނަޝީދަށް ރައްދު ދެއްވަން މުއިއްޒު ބޭނުމެއް ނޫން