02 އޮކްޓޯބަރ 2022
މެންޗެސްޓާ (އޮކްޓޫބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީ ގައި، މެންޗެސްޓާ ސިޓީ އިން އާލިން ބްރައުޓް ހާލަންޑާއިއި ފިލް ފޮޑެންގެ ހެޓްރިކުން 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މެންޗެސްޓާ (އޮކްޓޫބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީ ގައި، މެންޗެސްޓާ ސިޓީ އިން އާލިން ބްރައުޓް ހާލަންޑާއިއި ފިލް ފޮޑެންގެ ހެޓްރިކުން 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މީގެ ކުރިން ޕްރިމިއާ ލީގު މެޗެއްގައި އެއް ޓީމެއްގެ ދެ ކުޅުންތެރިއަކު ހެޓްރިކް ހެދުމުގެ ރެކޯޑް އޮތީ އާސެނަލް އަތުގަ އެވެ. އާސެނަލް އިން 2002/03 ސީޒަނުގައި 6-1 އިން ސައުތެމްޓަން ބަލިކުރި މެޗުގައި އެޓީމުގެ ޖެރެމީ ޕެނަންޓް އާއި ރޮބާޓް ޕިރޭޒް ތިން ގޯލު ޖެހި އެވެ.
ޔުނައިޓެޑާ ދެކޮޅަށް ހާލަންޑާއި ފޮޑެން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އަށްވަނަ މިނިޓުގައި ފޮޑެން ޖެހީ ބެނާޑޯ ސިލްވާ ގެ ޕާހަކުންނެވެ. އެއަށް ފަހު 34 ވަނަ މިނިޓާއި 37 ވަނަ މިނިޓުގައި ހާލަންޑް ދެ ގޯލު ވެސް ޖެހީ ކެވިން ޑިބްރޭނާގެ އެހީތެރިކަމާ އެކު އެވެ. ޑިބްރޭނާ ވަނީ މިހާތަނަށް އެސިސްޓް ކުރި އަށްވަނަ ލަނޑެވެ.
ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ފޮޑެން އޭނާގެ ދެވަނަ ލަނޑު ޖެހީ ހާލަންޑް ހުރަސްކޮށްލި ބޯޅައަކުންނެވެ.
ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި އެންޓޮނީ ޖެހި ލަނޑަކުން ޔުނައިޓެޑުން ހިތްވަރެއް ހޯދި ނަމަވެސް އަށް މިނިޓް ފަހުން ހާލަންޑް ވަނީ އޭނާގެ ތިންވަނަ ލަނޑާ އެކު ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މިއީ ހާލަންޑް އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 15 ވަނަ ހެޓްރިކެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގަށް ބަދަލުވެ، ކުޅުނު އަށް މެޗުން ޖެހި ތިންވަނަ ހެޓްރިކެވެ. އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އޭނާ ވަނީ ހެޓްރިކް ހަދައިފައި ވާއިރު، އޭނާ ވަނީ އެންމެ އަވަހަށް ލީގުގައި ތިން ހެޓްރިކް ފުރިހަމަ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. މީގެ ކުރިން އެންމެ އަވަހަށް ޕްރިމިއާ ލީގުގައި ތިން ހެޓްރިކް ފުރިހަމަކުރީ މައިކަލް އޮވެން އެވެ. އޭނާ މި ރެކޯޑް ހެދީ 48 މެޗު ކުޅެގެންނެވެ. ހާލަންޑް ވަނީ ލީގުގައި މިހާތަނަށް 14 ލަނޑު ޖަހައިފަ އެވެ. އަދި ސީޒަނުގައި މިހާތަނަށް 17 ލަނޑު ޖަހައިފައި ވެއެވެ.
ފޮޑެން އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކުރީ 72 ވަނަ މިނިޓުގައި ހާލަންޑް ދިން ޕާހަކުންނެވެ. ފޮޑެން މި ސީޒަނުގައި މިހާތަނަށް ލީގުގައި ފަސް ގޯލު ޖަހައިފަ އެވެ.
ދެ ކުޅުންތެރިންގެ ހެޓްރިކަށް ފަހު ޔުނައިޓެޑުން ވަނީ 82 ވަނަ މިނިޓުގައި ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ، އެޓީމުގެ ފުރަތަމަ ލަނޑަށް ފަހު ކުޅެން އެރި އެންޓޮނީ މާޝިއަލް އެވެ. އަދި މާޝިއަލް އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ.
މިއީ މި ދެޓީމުގެ ދެމެދުގައި ކުޅުނު މެޗެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނުނު މެޗެވެ.
ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި އިނީ ބެންޗުގަ އެވެ. ނަމަވެސް އޭނާގެ ބަދަލުގައި، ދާދި ފަހުން އަނިޔާއިން ސަލާމަތްވި މާކަސް ރަޝްފޯޑް ވަނީ މެޗު ސްޓާޓް ކޮށްފަ އެވެ. އަދި ކެޕްޓަން ހެރީ މެގުއާ އަށް އަނިޔާ ވެގެން މި މެޗަށް ނެގި ސްކޮޑުގައި އޭނާ ނުހިމެނެ އެވެ.
މި ނަތީޖާއާ އެކު ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލް އާ ޕޮއިންޓަކަށް ގާތް ކޮށްފަ އެވެ. ސިޓީ ދެވަނައިގައި އޮތީ މެޗަކުން ބަލިނުވެ، އަށް މެޗުން ހޯދި 20 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ ހަތް މެޗުން ހޯދި 12 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
އާސެނަލް ވެއްޓިއްޖެ، ފުރިހަމަބާރާއެކު ސިޓީ އެއްވަނައަށް
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ތަރިންނަށް ރެސްޓްދީ ލޫޓަން ރޫޅާލައި ސިޓީން އެއްވަނައަށް
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި
ކޮޅަށްތެދުވަން ޔުނައިޓެޑުން އެފެށީ ސިޓީ ކޮޕީކޮށްގެން
ހާލަންޑްގެ ގޯލުން ލިވަޕޫލްގެ ފަހަތުގައި ވިއްދައިފި
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް