26 ސެޕްޓެމްބަރ 2022
ދިރިއުޅޭ އާބާދީގައި 500 ވެސް ހަމަނުވާ ހދ. ފިނޭގެ ރައްޔިތުން ހުށަހަޅައި މި ސަރުކާރުން ކުރިއަށް ގެންދިޔަ ބޮޑު ތިން މަޝްރޫއެއް ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައިފި އެވެ.
ދިރިއުޅޭ އާބާދީގައި 500 ވެސް ހަމަނުވާ ހދ. ފިނޭގެ ރައްޔިތުން ހުށަހަޅައި މި ސަރުކާރުން ކުރިއަށް ގެންދިޔަ ބޮޑު ތިން މަޝްރޫއެއް ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައިފި އެވެ.
މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ހުޅުއްވައިދެއްވި މުހިއްމު އެއް މަޝްރޫއަކީ އާ އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތެވެ. އޭގެ ފަހުން މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމްގެ ނިމުން ވެސް ރައީސް އިފްތިތާހުކޮށްދެއްވި އެވެ.
އެ ރަސްމިއްޔާތުގައި ފިނޭ ކައުންސިލްގެ ރައީސް އަދުނާން އަބްދުﷲ ވިދާޅުވީ ފިނޭގެ އިންޖީނުގޭގެ ގަދަ އަޑުފައްގަނޑު މަޑުވެ މި ރަށަށް އުފާވެރި އިހްސާސެއް ވެރިވެފައިވާ ކަމަށެވެ. މި ބަދަލު މި އައީ ރަށު ތެރޭގައި ހުރި އިންޖީނުގެގޭ އުނދަގުލުގައި ރައްޔިތުން ދިރިއުޅޭތާ 18 އަހަރު ފަހުން ކަަމަށް ކައުންސިލުން ބުންޏެވެ.
ހދ. ފިނޭގައި މިއަދު ފެށި ހިދުމަތްތަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.
ފިނޭ ބަދަލުވެގެން މިދަނީ ރައީސް ވިދާޅުވި ގޮތުގައި އިންސާނުންނަށް ދިރިއުޅެން އެކަށީގެންވާނެ ފަދަ ތަނަކަށެވެ. ކިތަންމެ ކުޑަޔަސް ފިނޭގައި ވެސް މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވާން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ސާފު ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމާއި ތައުލީމާއި ސިއްހީ ފަރުވާ ލިބޭނެ ގޮތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޑަ ރަށަކަށް ވާތީ ފިނޭ ބާކީކޮށް، އެކަހެރިކޮށްލުމަކީ އެ މަނިކުފާނުގެ ވެރިކަމެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. މި ރަށުގައި ވެސް ރައީސް ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ތަފާތުނުކޮށް ހަމަހަމަކަމާ އެކު ހިދުމަތް ދެއްވުމުގެ ވައުދު ފުއްދަވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. ފިނާގެ އާ އިންޖީނުގެ ހުޅުއްވައިދެއްވަނީ.
ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދޭން ސަރުކާރުން ކުރާ މަސައްކަތުގައި ފެނަކައިގެ ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކުރެއްވި އެވެ. ކަރަންޓާއި ނަރުދަމާގެ އިތުރުން އައިސްޕްލާންޓްތައް ހިންގުން ފެނަކައިން ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ކަމަށާއި އެކަން ފުރިހަމައަށް ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފިނޭގައި ރައްޔިތުން ބޭނުންވާ ކަންކަން އަންނަނީ ފުރިހަމަވުމުންނެވެ. މުސްތަގުބަލުގައި މި ރަށަކީ ތަރައްގީގެ ސަފުގައި ކުރީގައި އޮންނާނެ ރަށެއް ކަމަށް ސިފަކޮށްދެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. ފިނޭގައި ވާހަކަފުޅު ދައްކަވަނީ
"ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ. މި ރަށުން ވެސް އެ ފެންނަނީ އެކަންކަން," ރައީސް ވިދާޅުވި އެވެ.
މި ރަށަށް އިތުރަށް ބޭނުންވާ ހިދުމަތްތަކެއް ކައުންސިލުން ވަނީ ރައީސަށް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ބަނދަރާއި ކުޅިވަރު ކުޅޭނެ ތަންތަން ނެތުމުގެ ކަންބޮޑުވުމާއި ކުޑަކުދިން ކުޅޭނެ ޕާކެއް ނެތުން ހިމެނެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފިނޭގައި ބާކީ ހުރި ކަންކަމަކީ ވެސް އިސްކަންދެއްވައިގެން ފުރިހަމަކޮށްދެއްވާނެ ކަންތައްތަކެކެވެ.
ފިނޭ ވަށާލާފައި އޮތީ 40އަހަރުން ނުލިބުނު އުފާވެރިކަން
އުތުރުގެ ބޮޑުބަދަލު ބައްލަވާލައްވަން ރައީސް ވަޑައިގެންފި
4 އަހަރުގެ ބިޔަ މަޝްރޫއަކީ "ގަދަރުވެރި ރައްޔިތެއް"!
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
4 އަހަރު: މުޅި ނިޒާމާއި ތަރައްގީއަށް ބޮޑު ބަދަލެއް
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
އެންމެ ބޮޑު ވައުދުގައި ނައިވާދޫ ވެސް ހިމެނިއްޖެ:ރައީސް
"މާލޭގައި ކީއްކުރަން އަޅާ ބިޔަ ބްރިޖެއް؟"
ތާހިރުވުމުގެ ވައުދު ފުއްދައި ތަރައްގީގެ އިންގިލާބަށް
ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ