Roadha Mihaaru
"މާލޭގައި ކީއްކުރަން އަޅާ ބިޔަ ބްރިޖެއް؟"

"މާލޭގައި ކީއްކުރަން އަޅާ ބިޔަ ބްރިޖެއް؟"

28 މެއި 2022

މުޅި ރާއްޖެ ލާމަރުކަޒު ކުރުމުގެ ތަސައްވުރު ކުރިއެރުވުމާ އެކު މާލެ ސަރަހައްދު ގުޅާލާ ބިޔަ ބްރިޖެއް އަޅައި ގިރާވަރު ހިއްކާތީ އެކި ފަރާތްތަކުން އުފައްދާ ސުވާލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޖަވާބު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު އުކުޅަހުން ފަޒީނާ އަހުމަދު

މުޅި ރާއްޖެ ލާމަރުކަޒު ކުރުމުގެ ތަސައްވުރު ކުރިއެރުވުމާ އެކު މާލެ ސަރަހައްދު ގުޅާލާ ބިޔަ ބްރިޖެއް އަޅައި ގިރާވަރު ހިއްކާތީ އެކި ފަރާތްތަކުން އުފައްދާ ސުވާލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޖަވާބު ދެއްވައިފި އެވެ.

އއ. އުކުޅަހުގައި ބޭއްވި "ވިޔަވަތި" ކޮންފަރެންސްގައި ރައީސް ވިދާޅުވީ ބާރުތައް ދޫކޮށްލައި ލާމަރުކުރުމުގެ ބޭނުމަކީ ރަށްތައް ކުރިއެރުވުން ކަމަށެވެ. ފުދުންތެރި ރާއްޖެއަކަށް މިސްރާބު ހިފައި، ރައްޔިތުންގެ ދިރިއުޅުން އުފާވެރިކުރުން ކަމަށެވެ.

މި ތަސައްވުރުގައި، މާލޭގައި އަޅާ ބިޔަ ބްރިޖާ މެދު ސުވާލު އުފައްދަމުންދާ ކަަމަށާއި އޭގެ ޖަވާބު ވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާ ވުމަށް ދޫ ޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ މައި ބަނދަރު ފުރަމާލެއިން ބޭރުކޮށް ގުޅީފަޅާ ހަމައަށް ފެއަށް ނުޖައްސާ ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.

"މާލޭ ރަށްވެހިންނަށް ހައްގުވާ ގޯތި ނުދީ ވެސް ވާކަށް ނެތް. މުޅި ރާއްޖެ ލާމަރުކަޒުވާ އިރު މާލެއަށް މި ގެނެވެނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސްކުރުމުގެ ބަދަލު."

އުމްރާނީ ތަރައްގީގެ ބޮޑު އެ މަޝްރޫއުގައި މާލެއާ ގުޅާލަނީ ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅެވެ. ބްރިޖު އެޅުމުގައި ތަޖުރިބާ ހުރި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެ މަޝްރޫއުގައި، މާލެ އިން ގުޅިފަޅަށް ފަސް ކިލޯމީޓަރުގެ ބްރިޖެއް އަދި ކޯޒްވޭއެއް ހަދާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ މަޝްރޫއުތަކެއް ލާމަރުކަޒީ ނިޒާމާ ގުޅުވާފައި ވަނީ ދެ ބޭނުމަކު އެވެ. އެއް ބޭނުމަކީ އއ. އުކުޅަހާއި ރަސްދު އާއި ތޮއްޑުއެކޭ އެއްގޮތަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރުވައި ތަނަވަސްވާނެ ގޮތެއް ހޯދުމެވެ.

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ: މި ކޮންފަރެންސްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތް. -- ފޮޓޯ | ރައީސް އޮފީސް

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ: މި ކޮންފަރެންސްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތް. -- ފޮޓޯ | ރައީސް އޮފީސް

"ދެ ވަނަ ބޭނުމަކީ މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއްދީ ހަމަނޭވާ ލެވޭ ހިތްފަސޭހަތަނަކަށް މާލެ ހެދުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މާލެއަށް ގޮތް ހުސްވެ، ތޮއްޖެހި، ބޮއްސުންލީ ބަލަބަލައި ތިއްބައި ކަމަށެވެ. ގޯސްތައް ރަމަތަނުވެގެން ކަމަށާއި އަމާޒެއް ނެތި ހަރާބުގެ މަގަށް ޒަމާން އުފެއްދި ގަދަ އޮއިވަރުގެ ސަބަބުން ކަަމަށެވެ.

"[މާލޭގެ ބިޔަ ބްރިޖާއި ގިރާވަރު ފަޅު ހިއްކަނީ ކީއްވެތޯ] ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާ ވުމަށް ދޫ ޖެއްސެން އޮތް ހަމައެކަނި ގޮތް،" ރައީސް ވިދާޅުވި އެވެ.

ވިޔަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިޔަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެ ބަދަލު ގެނައުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެކަމަކު ބުރަ ބަދަލަށް ހިތްވަރު ކުރަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

"މިކަމަށްޓަކައި ހިތްވަރާއި އަޒުމާ ކެތްތެރިކަން އިސްކުރަން ޖެހޭ. ބަދަލު ހިފުމާއި ޖަދަލުކުރުމާއި ތަައައްސަބުގެ ތެރެއަށް ނުގެނބި އަޅާ ކޮންމެ ފިޔަވަޅެއް އެ މަގުން އަޅާ ނަމަ ހެޔޮ ނަތީޖާ ފެނުން އަވަސްވާނެ،" ރައީސް ވިދާޅުވި އެވެ.