މެންޗެސްޓާ (ޑިސެމްބަރު 4) – ޖެނުއަރީ މަހު އެއްވެސް ކްލަބަކާ މަޝްވަރާނުކުރާނެ ކަމަށާއި މިވަގުތު ބޭނުންވަނީ ޕްރިމިއާ ލީގު ހޯދަން މެންޗެސްޓާ ސިޓީ ކުރާ މަސައްކަތަށް ފުރިހަމަ ސަމާލުކަންދޭން ކަމަށް އެ ޓީމުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
04 ޖެނުއަރީ 2017
މެންޗެސްޓާ (ޑިސެމްބަރު 4) – ޖެނުއަރީ މަހު އެއްވެސް ކްލަބަކާ މަޝްވަރާނުކުރާނެ ކަމަށާއި މިވަގުތު ބޭނުންވަނީ ޕްރިމިއާ ލީގު ހޯދަން މެންޗެސްޓާ ސިޓީ ކުރާ މަސައްކަތަށް ފުރިހަމަ ސަމާލުކަންދޭން ކަމަށް އެ ޓީމުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާއިރު، އޭނާ އަށް ސިޓީން ވަނީ ކްލަބްތަކާ ވާހަކަދައްކަން ހުއްދަ ދީފަ އެވެ. ސީޒަނުގެ ކުރީކޮޅު ކޯޗު ޕެޕް ގާޑިއޯލާއާ މައްސަލަ ޖެހި ޓޫރޭ އަށް ސިޓީން ފުރުސަތެއް ނުދެ އެވެ. އެކަމަކު ފަހުން އެކަން ހަމަޔަކަށް ހެޅި ޓޫރޭ އަށް މިހާރު ވަނީ ފުރުސަތު ލިބެން ފަށައިފަ އެވެ.
"އަހަރެންގެ ފޯކަސް އޮތީ ސިޓީއަށް. ކުރިމަގު އޮތީ ސިޓީގައި ސަބަބަކީ އަދި ލީގު ނުނިމޭތީ،" ޓޫރޭ ބުންޏެވެ.
ގާޑިއޯލާއާ ޓޫރޭއާ މައްސަލަ ޖެހުނީ އޭނާ އަށް ޗެމްޕިއަންސް ލީގު ސްކޮޑުން ފުރުސަތު ނުދިނުމުން އޭޖެންޓް އެކަމާ ފާޑުކިޔުމުންނެވެ. ފަހުން އޭނާ އަށް ފުރުސަތު ދިނީ އޭޖެންޓުގެ ފަރާތުން ޓޫރޭ މައާފަށް އެދެމުންނެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ހަތް ޕޮއިންޓް ފަހަތުން ތިން ވަނައިގައި ސިޓީ އޮތް ނަމަވެސް ޓޫރޭ ބުނީ އަދިވެސް ލީގު ކާމިޔާބުކުރެވޭނެ ކަމަށެވެ.
"އަހަންނާއި ޓީމުގެ އެހެން ކުޅުންތެރިން ވެސް ގަބޫލުކުރަނީ މިކަން ވާނެ ކަމަށް. ޗެލްސީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އެކަމަކު ފަހު ވަގުތާ ހަމަޔަށް އަހަރެމެން ހަނގުރާމަކުރާނަން،" ސިޓީން މީގެ ކުރިން ދެ ފަހަރު ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ޓޫރޭ ބުންޏެވެ.
ޓޫރޭ އެނބުރި އައިސް ސިޓީ މޮޅުކޮށްދީފި
"ޓޫރޭ މައާފަށް އެދުމަކީ ސިޓީ އަށް އުފާވެރި ހަބަރެއް"
މައާފަށް ނޭދެނީސް ޓޫރޭ ޓީމަށް ނުނަގާނެ!
އަހަރެމެން ތިބީ ކުޅެން ހަނދާން ނެތިފައި: ގާޑިއޯލާ
ޑިބްރޭނާ އިޓަލީގައި ވިދަނީ، މޮޑްރިޗުގެ ފެށުން ހަރާބު
ކުޅުންތެރިން މާގިނަ، ގާޑިއޯލާ ހުރި އުފަލަކުން ނޫން
15 އަހަރުގެ ދިގު ބްރޭކެއް ނަގަންޖެހިދާނެ: ގާޑިއޯލާ
ވޯލްޑް ކްލާސް ބެކެއް ހޯދަން ސިޓީން އަތްފުނާ އަޅަނީ
ޕޫމާގެ ބިލިއަން ޑޮލަރުގެ ޑީލުން ސިޓީއަށް ރެކޯޑެއް
ހިލާލުން ސިޓީ ބަލިކޮށް އޭޝިއާ ފަހުރުވެރި ކޮށްލައިފި