ލަންޑަން (ނޮވެމްބަރު 20) – ޔާޔާ ޓޫރޭ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ގޯލާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ ލީގުގެ ދެ ވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
20 ނޮވެމްބަރ 2016
ލަންޑަން (ނޮވެމްބަރު 20) – ޔާޔާ ޓޫރޭ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ގޯލާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ ލީގުގެ ދެ ވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލް ރޭ ސައުތުހެމްޓަނާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް އަދިވެސް އެއް ވަނަ މަގާމް އެ ޓީމް އަތުން ނުގެއްލެ އެވެ. ލިވަޕޫލާއި ސިޓީ އަށް 27 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލް ވެސް އެއްވަރުވެ ލިވަޕޫލަށް ކުރި ލިބެނީ ޖެހި ގޯލް ގިނަވުމުންނެވެ. ތިން ވަނައިގައި، އެއް މެޗު މަދުން ކުޅެފައިވާ ޗެލްސީ 25 ޕޮއިންޓާ އެކު އޮތްއިރު މިރޭ މިޑްސްލްބަރާ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު އެއް ވަނަ އަށް އަރާނެ އެވެ. ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވި އާސެނަލް އޮތީ 25 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތަރު ވަނައިގަ އެވެ.
ރަށުން ބޭރުގައި ސިޓީ ކުޅުނު މެޗުގައި ޓޫރޭ އެ ޓީމަށް ލީޑު ނަގައިދިނީ 39 ވަނަ މިނެޓުގަ އެވެ. ކޯޗު ޕެޕް ގާޑިއޯލާއާ މައްސަލަ ޖެހި މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބެލެވުނު މިޑްފީލްޑަރު ވަނީ މި މެޗުގައި ތަފާތު ދައްކައިފަ އެވެ. ޕެލަސް އިން އެއްވަރުކުރީ 66 ވަނަ މިނެޓުގައި ކޮނޯ ވިކްހެމް ޖެހި ގޯލުންނެވެ. އައިވަރީ ކޯސްޓުގެ ޓޫރޭ ސިޓީ މޮޅުކޮށްދިނީ 83 ވަނަ މިނެޓުގަ އެވެ.
ރޭ ލިވަޕޫލާއި ސައުތުހެމްޓަން އެއްވަރުވި މެޗަކީ މި ސީޒަނުގައި ލިވަޕޫލަށް ލަނޑެއް ނުޖެހި ދިޔަ ތިން ވަނަ މެޗެވެ. މި މެޗުގައި ސައުތުހެމްޓަންގެ ކުރީގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ދެ ހަމަލާ އުފައްދައިފަ އެވެ. ދެ ވަނަ ހާފުގައި ފިލިއްޕޭ ކޯޓީނިއޯ އާއި ރޮބާޓޯ ފިރްމީނިއޯ އަށް ވެސް ހުސް ފުރުސަތުތައް ލިބި ބޭކާރުވިއިރު ސައުތުހެމްޓަންގެ ކުރީގެ ކުޅުންތެރިޔާ ނެތަނިއަލް ކްލައިން އަށް ވެސް ރަނގަޅު ފުރުސަތެއް ބޭނުންނުކުރެވި ދިޔަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ވެސްޓްހޭމް ޔުުނައިޓެޑް އަތުން 3-2 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު އެ ޓީމު ވަނީ 24 ޕޮއިންޓާ އެކު، ވާދަވެރި އާސެނަލާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް ފަސް ވަނައިގައި އޮތްއިރު ހަ ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟
ގާޑިއޯލާ ވަރުގެ ކޯޗެއް އަހަރެން ނުދެކެން: ކްލޮޕް