މެންޗެސްޓާ (ސެޕްޓެމްބަރު 21) - ޔާޔާ ޓޫރޭ އަށް ފުރުސަތު ނުދޭން ނިންމުމުން އޭނާގެ އޭޖެންޓް ފާޑުކީ މައްސަލައިގައި މައާފަށް ނޭދޭހާ ހިނދަކު، ސިޓީން ދެން ޓޫރޭ އަށް އެއްވެސް ފުރުސަތު ނުދޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 21) - ޔާޔާ ޓޫރޭ އަށް ފުރުސަތު ނުދޭން ނިންމުމުން އޭނާގެ އޭޖެންޓް ފާޑުކީ މައްސަލައިގައި މައާފަށް ނޭދޭހާ ހިނދަކު، ސިޓީން ދެން ޓޫރޭ އަށް އެއްވެސް ފުރުސަތު ނުދޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ޓޫރޭ އަށް މި ސީޒަނުގައި ފުރުސަތު ލިބުނީ އެންމެ މެޗަކުންނެވެ. އަދި ޗެމްޕިއަންސް ލީގުގެ ސްކޮޑުން ވެސް ވަނީ ބާކީކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޓޫރޭގެ އޭޖެންޓް ޑިމިޓްރީ ސެލުޗް ބުނީ، ގާޑިއޯލާ ވަނީ ޓޫރޭ ލަދުގަންނަވާލާފައި ކަމަށެވެ.
"ސުލެޗް މައާފަށް އެދެން ޖެހޭނީ. އެކަން ނުކޮށްފި ނަމަ ޓޫރޭ އަށް ދެން ފުރުސަތެއް ނުދޭނަން،" ގާޑިއޯލާ ބުންޏެވެ.
ކުރިން ބާސެލޯނާ އަށް ކުޅުނު ޓޫރޭ ސިޓީ އަށް ވިއްކާލީ 2010 ވަނަ އަހަރު ގާޑިއޯލާ ބާސެލޯނާ އަށް ކޯޗުކޮށްދިން އިރެވެ. އޭނާ ސިޓީ އަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ ވަނީ ފޯމުން ކަޓައިފަ އެވެ.
ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުގެ ސްކޮޑުން ޓޫރޭ ބާކީކުރުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު އެ ނިންމުމަށް މީޑިއާގައި ފާޑުކިޔުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަހަންނަށް ގުޅާނެ ހިތްވަރެއް ނެތް އޭނާގެ ކިބައިގައި. އަހަރެންގެ މައްސަލައެއް ނެތް މީޑިއާ މެދުވެރިކޮށް މައާފަށް އެދުނަސް. އެ ހިސާބުން ޓޫރޭ އަށް ސްކޮޑުން ފުރުސަތު ލިބޭނެ އަދި މެޗުތަކުގައި ވެސް ބޭނުން ހިފާނަން،" ގާޑިއޯލާ ބުންޏެވެ.
"ޓޫރޭ މައާފަށް އެދުމަކީ ސިޓީ އަށް އުފާވެރި ހަބަރެއް"
ސްކޮޑުގެ ސައިޒު ކުޑަނުކޮށްފި ނަމަ ގާޑިއޯލާ ވަކިވާނެ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ސިޓީގެ ޗެއާމަން އަހަރެން ވައްކެއް ނުކުރާނެ: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
"ހާލަތު ބަދަލުނުކުރެވިއްޖެ ނަމަ އިސްތިއުފާ ދޭނަން"