12 ޖުލައި 2022
ކްރޮއޭޝިއާގެ ޒުވާން ގައުމީ ޓީމާއެކު، ޓްރޭނިން ހަދަން ލިބުނު ފުރުސަތަކީ ރާއްޖޭގެ ޓީޓީ އަށް މުހިންމު ތަޖުރިބާއެއް ކަމަށް، ދަތުރުގައި ރާއްޖޭގެ ޓީމު ލިޑް ކުރި، ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް ބުނެފި އެވެ.
ކްރޮއޭޝިއާގެ ޒުވާން ގައުމީ ޓީމާއެކު، ޓްރޭނިން ހަދަން ލިބުނު ފުރުސަތަކީ ރާއްޖޭގެ ޓީޓީ އަށް މުހިންމު ތަޖުރިބާއެއް ކަމަށް، ދަތުރުގައި ރާއްޖޭގެ ޓީމު ލިޑް ކުރި، ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް ބުނެފި އެވެ.
މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ހަފުލާ އަށް އައި ދުނިޔޭގެ ކުރީގެ ޗެމްޕިއަން ޒޯރާން ޕްރިމޯރަކް މެދުވެރިގެން ލިބުނު ފުރުސަތުގައި ޖުމާނާ ވަނީ ރާއްޖޭގެ އޮފިޝަލެއްގެ ދައުރުގެ އިތުރުން ކުޅުންތެރިޔެއްގެ ދައުރު ވެސް މި ޓްރޭނިން ކޭމްޕްގައި އަދާކޮށްފަ އެވެ.
ޔޫރަޕްގެ ގައުމީ ޓީމަކާއެކު ޓްރޭނިން ހަދަން ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމުގައި ބައިވެރިވީ، ޖުމާނާގެ އިތުރުން ޒުވާން ތިން ކުޅުންތެރިން ކަމަށްވާ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި މަލާކް ބިންތި މުއިއްޒެވެ.
"މީ ރާއްޖޭގެ ޓޭބަލް ޓެނިހަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ކޮންމެ ކުޅުންތެރިޔަކަށް ވެސް މިކަހަލަ ފުރުސަތަކީ މުހިންމު ތަޖުރިބާ އަކަށް ވާނެ. އަޅުގަނޑުމެންނަށް ފުރުސަތު ލިބުނީ ތަފާތު އެކި ސްޓައިލްގައި ކުޅޭ އަދި ފެންވަރުގެ ގޮތުން ވަރަށް މަތީ ލެވަލްގައި ކުޅޭ ކުޅުންތެރިންނާއެކު ކުޅެން،" ކޮރޮއޭޝިއާގެ ޓްރޭނިން ތަޖުރިބާ އާއި ބެހޭގޮތުން ޖުމާނާ ކިޔައި ދިނެވެ.
ކްރޮއޭޝިއާގެ ޓްރޭނިން ކޭމްޕްގެ ތެރެއިން ދިވެހި ޓީމާއެކު ކްރޮއޭޝިއާގެ ބައެއް ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ އިސްނެންގެވުމުގެ ޒޯރާން މެދުވެރިކޮށް ރާއްޖެ އަށް ލިބުނު ފުރުސަތަކީ މި މަހު ބާއްވާ ޔޫރަޕްގެ ޖޫނިއާ މުބާރާތަށް ކޮރޮއޭޝިއާ ޓީމު ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕްގެ ތެރެއިން ރާއްޖެ ލިބިގެން ދިޔަ ފުރުސަތެއް ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ.
ޓްރޭނިން ކޭމްޕްގައި ދިވެހި ޓީމަށް އިރުޝާދު ދިން ދިނުމަށް، ތިން މެންބަރުން ހިމެނޭ ކޯޗިން ޓީމެއް ހަރަކާތްތެރިވި ކަމަށް ޖުމާނާ ބުންޏެވެ. އެއީ ހެޑް ކޯޗަކާއި އެސިސްޓެންޓް ކޯޗެއްގެ އިތުރުން ފިޓްނަސް ކޯޗެކެވެ.
"އެކި ސްޓައިލްގައި ކުޅޭ ބައިވަރު ކުޅުންތެރިން ތިބި. އެ ކުޅުންތެރިންގެ ކުޅުމުގެ ސްޕީޑް. ސްޕިން ކުރާ ގޮތް. ޕަވާ. މިހުރިހާ ކަމަކަށް ބެލިޔަސް މީ ވަރަށް ތަފާތު ޓްރޭނިން ކޭމްޕެއް،" އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދި ދިވެހި ޓީމުގައި ވެސް ހިމެނުނު ޖުމާނާ ބުންޏެވެ.
"ކުރިއަށް އޮތް މުބާރާތަށް [ކޮމަންވެލްތު ގޭމްސް އަށް] ދާއިރު މި ޓްރޭނިން ކޭމްޕް މީ ދިވެހި ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް."
ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގައި ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅައިގެން ހުރި ޖުމާނާ ބުނީ ޓްރޭނިން ކޭމްޕްގައި ކޮރޮއޭޝިއާގެ ކޯޗު ޑާކޯ އާއެކު ޓްރޭނިން ހަދަން ފުރުސަތު ލިބުމަކީ ވެސް ރާއްޖެ އަށް ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރި އެވެ.
ކްރޮއޭޝިއާގެ ޓްރޭނިން ކޭމްޕަށް ޓީމު ފުރުމުގެ ކުރިން --- ފައިލް ފޮޓޯ: ޔޫތު މިނިސްޓްރީ
"ހާއްސަގޮތެއްގައި މުބާރާތަށް ކުޅުންތެރިން ތައްޔާރު ކުރާނެ ގޮތާއި ކުޅުންތެރިންގެ ވީކްނެސް އަށް ބަލައި ޓްރޭނިން ކުރިއަށްގެންދާނެ ގޮތާއި ކުރިން އަޅުގަނޑުމެން ޓްރޭނިން ކުރާގޮތާއި ކޮރޮއޭޝިއާގެ ޓްރޭނިންތައް ދިޔަ ގޮތާއި އަޅައި ކިޔާލީމަ މި ކޭމްޕް ވީ ހަގީގަތުގައި ވެސް ވަރަށް ފައިދާ ކުރި ކޭމްޕަކަށް."
ޖުމާނާ ބުނި ގޮތުގައި ޓީމުގައި ދިޔަ ޒުވާން ތިން ކުޅުންތެރިންނަށް، ކޭމްޕގެ ފައިދާ ވަރަށް ބޮޑަށް ކުރި އެވެ. އެގޮތުން ކޭމްޕްގެ ތެރެއިން ޓްރޭނިންގެ އިތުރުން ލައިފް ސްކިލްސް ބިނާ ކުރުމަށް ވެސް އެކި ޕްރޮގްރާމްތައް ކުރިއަށް ދިޔަ ކަމަށެވެ. އެގޮތުން ކޮރޮއޭޝިއާގެ ސަގާފަތާއި ތަރިކައިގެ ތަންތަން ބަލާލުމުގެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައިވާކަން އޭނާ ބުންޏެވެ. އަހަރަކު އެއް ފަހަރު މި ކޭމްޕް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ޖުމާނާ ފާހަގަ ކުރި އެވެ.
"އަޅުގަނޑަށް ފެންނަނީ އެކްސްޗޭންޖް ޕްރޮގްރާމެއްގެ ގޮތުގައި ގެންދަން. ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ރާއްޖެ އައިސް، ރާއްޖޭގެ ޓްރޭނިން ކުރިއަށް ގެންގޮސް ރާއްޖޭގެ ސަގަފަތާއި ރީތި އާދަތައް އެމީހުންނަށް ވެސް ތަޖުރިބާ ކުރެވޭނެ ގޮތަކަށް ކުރިއަށް ގެންދާން ފެންނަނީ،" ރާއްޖޭގެ ގައުމީ ޓީމުގައި މިހާރު ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ ބުންޏެވެ.
ގައުމީ ޓީމު ތައްޔާރު ވަމުން ދަނީ މި މަހު 28 ގައި ފަށާ ކޮމަންވެލްތު ގޭމްސް އަށެވެ. އެ ގޭމްސް އަށް ފުރުތަމަ ފަހަރަށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ކޮލިފައި ވެފަ އެވެ. ކޮމަންވެލްތު ގޭމްސް އޮންނާނީ ޖުލައި 28 އޯގަސްޓް 8 އަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ.
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
ތާރީހީ މެޑަލް، ޓީޓީ ކުރިމަގަށް މުހިންމު ކާމިޔާބެއް
ސެމީގައި އިރާން އަތުން ޓީޓީ އަންހެން ޓީމު ބަލިވެއްޖެ
އަންހެން ޓީޓީ ޓީމު ސޮލިޑާރިޓީ ގޭމްސްގެ ސެމީ ފައިނަލަށް
ދީމާ ކުޅުނީ ޓީޓީގައި ނަމޫނާ މެޗެއް: ޝިއުރީ
ޓީމު އިވެންޓުން ޓީޓީ އަށް ދެރަ ނަތީޖާއެއް
ކޮމަންވެލްތު ގޭމްސް: ދިދަ އުފުލާނީ ޖުމާނާ އާއި ޒަޔާން
ދިވެހި ޓީޓީ ޓީމު ކްރޮއޭޝިއާ ޓީމުގެ ޓްރޭނިން ކޭމްޕަށް
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ