10 އޯގަސްޓް 2022
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއަދު ޔޫގެންޑާގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ އަންހެން ޓީމުން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއަދު ޔޫގެންޑާގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ އަންހެން ޓީމުން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ގޭމްސްގައި މިއަދު ޔޫގެންޑާ އާއި ރާއްޖެ ކުޅުނު މެޗުގައި ކުޅުނީ ދެ ގޭމެވެ. ތިންވަނަ ގޭމަކަށް ނުދިޔައީ ޔޫގެންޑާ ޓީމުގައި ދެ ކުޅުންތެރިން ތިބުމުންނެވެ. އެކަމަކު ރާއްޖެއިން މެޗު ކާމިޔާބު ކުރީ 3-0 ގޭމުންނެވެ.
މެޗުގައި ކުޅުނު ފުރަތަމަ ކުޅުނު ސިންގަލްސް ގޭމް ދީމާ ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު އެވެ. އެ ގޭމްގެ ސެޓްތައް ދީމާ ގެންދިޔައީ 11-2، 11-4، 11-2 ންނެވެ.
ދެވަނަ ގޭމަކީ ޑަބަލްސް ގޭމެވެ. ރާއްޖޭގެ ދީމާ އާއި ރަފާ ވަނީ އެ ގޭމް 11-5، 11-6 އަދި 11-4 ން ކާމިޔާބު ކޮށްފަ އެވެ.
ސެމީ ފައިނަލ،ާ ހަމައަށް ރާއްޖޭގެ ޓީމުން ދަތުރު ކުރީ ކުޅުނު ތިން މެޗިުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުގައި އިއްޔެ ޖިބޫޓީ އަތުން ރާއޖެ މޮޅުވީ ސީދާ ތިން ގޭމުންނެވެ.
އެ މެޗުގެ ފުރަތަމަ ގޭމް، ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިން ފާތިމަތު ޖުމާނާ ނިމާލް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓް 11-2 ން ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އެވެ. ފަހު ދެ ސެޓްގައި ޗެލެންޖު ބޮޑު ވިނަމަވެސް ޖުމާނާ ދެ ސެޓު ވެސް ކާމިޔާބު ކުރި އެވެ. އެ ދެ ސެޓް އޭނާ ކާމިޔާބު ކުރީ 11-9 އަދި 12-10 ންނެވެ.
ޖުބޫޓީ އާ ދެކޮޅަށް ކުޅުނު ސިންގަލްސްގެ ދެވަނަ ގޭމް ދީމާ ކާމިޔާބު ކުރީ 11-3، 11-7 އަދި 11-3 ންނެވެ. ޑަބަލްސް ގޭމްސްގައި ފުރަތަމަ ގޭމް ރަފާ އާއި ދީމާ އަށް ޗެލެންޖު ބޮޑުވި އެވެ. އެ ގޭމްސް ކާމިޔާބު ކުރީ 12-20 ން ނެވެ. ދެން ޖެހިގެން އައި ދެ ގޭމް މާބޮޑު އުނދަގުލަކާ ނުލައި 1-6، 11-6 ން ކާމިޔާބު ކުރި އެވެ.
ދެވަނަ މެޗުގައި ރާއްޖެ ބަލިވީ ގޭމްސް ބާއްވާ ތުރުކީ އަތުން ސީދާ ތިން ގޭމުންނެވެ. އެ މެޗުގައި ދީމާ ވަނީ ސޮލިޑާރިޓީ ގޭމްސްގެ ރަން މެޑަލަިސްޓް އޮޒްގޭ ޔިލްމާޒު އާ ދެކޮޅަށް ރަނގަޅު ވާދަކޮށްފަ އެއް އޮޒްގޭ އެ ގޭޟް ކާމިޔާބު ކުރ 3-2 ސެޓުންނެވެ.
ފިރިހެން ޓީމު މިއަދު ބަންގްލަދޭޝް އަތުން ބަލިވީ 3-2 ގޭމުންނެވެ. ރާއްޖެ އަށް ހޯދައިދިން ދެ ގޭމް ކާމިޔާބު ކޮށްދިނީ ސިންގަލްސްގައި މުހައްމަދު ޝައްފާން އިސްމާއީލް އާއި ޑަބަލްސްގައި ޝައްފާން އާއި މުންސިފް އަހުމަދުގެ ޕެއާ އެވެ. އިއްޔެ އިރާން އަތުން ރާއްޖޭގެ ފިރިހެން ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ.
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
ތާރީހީ މެޑަލް، ޓީޓީ ކުރިމަގަށް މުހިންމު ކާމިޔާބެއް
ސެމީގައި އިރާން އަތުން ޓީޓީ އަންހެން ޓީމު ބަލިވެއްޖެ
ޓީމު އިވެންޓުން ޓީޓީ އަށް ދެރަ ނަތީޖާއެއް
ކްރޮއޭޝިއާ ތަޖުރިބާ ރާއްޖޭގެ ޓީޓީއަށް މުހިންމު: ޖުމާނާ
ދިވެހި ޓީޓީ ޓީމު ކްރޮއޭޝިއާ ޓީމުގެ ޓްރޭނިން ކޭމްޕަށް
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ
ކޮމަންވެލްތު ގޭމްސްއަށް ގައުމީ ޓީޓީ ޓީމު ކޮލިފައިވެއްޖެ
އަންހެން ޓީޓީ ޓީމުން ލޯ މެޑަލް ހޯދައިފި
ޕާކިސްތާން ބަލިކޮށް އަންހެން ޓީޓީ ޓީމު ސެމީ އަށް