Roadha Mihaaru
ސެމީގައި އިރާން އަތުން ޓީޓީ އަންހެން ޓީމު ބަލިވެއްޖެ

ސެމީ ފައިނަލުގައި އިރާން އަތުން ގައުމީ އަންހެން ޓީޓީ ޓީމު ބަލިވެއްޖެ

11 އޯގަސްޓް 2022

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުގައި އިރާން އަތުން ރާއްޖޭގެ އަންހެން ޓޭބލް ޓެނިސް ޓީމު ބަލިވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުގައި އިރާން އަތުން ރާއްޖޭގެ އަންހެން ޓޭބލް ޓެނިސް ޓީމު ބަލިވެއްޖެ އެވެ.

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ގޭމްސްގެ އަންހެން ޓީމު އިވެންޓްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.

ފުރަތަމަ ގޭމްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ނުކުތީ އިރާންގެ މަހްޝިދު އަޝްތަރީ އާ ދެކޮޅަށެވެ. އެ މެޗުން އަޝްތަރީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އޭނާ ގެންދިޔައީ 11-4، 11-8 އަދި 11-2 ންނެވެ.

ދެވަނަ މެޗުގައި އައިޝަތު ރަފާ ނާޒިމް ނުކުތީ ނެދާ ޝަހްޝަވާރީ އާ ދެކޮޅަށެވެ. ލަންޑަންގައި 2012 ގައި ބޭއްވި އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވި ނެދާ އަކީ އިރާންގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ރަފާ ވަނީ އޭނާގެ މައްޗަށް ދެ ސެޓުގައި ކުރި ހޯދައިފަ އެވެ. އެކަމަކު ނެދާ މެޗު ކާމިޔާބު ކުރީ 3-2 ސެޓުންނެވެ.

ފުރަތަމަ ސެޓް ރަފާ ކާމިޔާބު ކުރީ 11-9 ންނެވެ. ޖެހިގެން އައި ދެ ސެޓުން ނެދާ ކުރީ ހޯދީ 11-7 އަދި 11-4 ންނެވެ. ވާދަވެރިކަން ބޮޑުވި ތިންވަނަ ސެޓް ރަފާ ކާމިޔާބު ކުރީ 12-10 ންނެވެ. ޑިސައިޑިން ސެޓް ނެދާ ކާމިޔާބުރ ކުރީ 11-8 ންނެވެ.

ޑަބަލްސް މެޗުގައި ރާއްޖެއިން ނުކުތީ ރަފާ އާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. އިރާންގެ ޓީމުން ނުކުތީ ނެދާ އާއި ސަފައީ ޝިމާ އެވެ. ޖުމާނާ އާއި ރަފާގެ ޕެއާ ބަލިިވީ 3-1 ގޭމުންންނެވެ. މެޗުގެ ސެޓްތައް ނިމިނެގެން 11-5، 12-10، 11-4، 11-5 ންނެވެ

މި މެޗާއެކު ދިވެހި ޓީމަށް ވަނީ ޓީމު އިވެންޓް ނިމިފަ އެވެ. ގޭމްސްގެ ޓީމު އިވެންޓްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އެވެ. ފުރަތަމަ މެޗުގައި ޖުބޫޓީގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ގޭމުންނެވެ. އިއްޔެ ޔޫގެންޑާ އާ ދެކޮޅަށް ދެ ގޭމް ކުޅެ ދެ ގޭމުން ވެސް މޮޅުވި އެވެ. ތިންވަނަ ގޭމަށް ނުދިޔައީ ޔޫގެންޑާ ޓީމުގައި އިތުރު ކުޅުންތެރިޔެއް ނެތުމުންނެވެ.

މެޗުގައި ކުޅުނު ފުރަތަމަ ކުޅުނު ސިންގަލްސް ގޭމް ދީމާ ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު އެވެ. އެ ގޭމްގެ ސެޓްތައް ދީމާ ގެންދިޔައީ 11-2، 11-4، 11-2 ންނެވެ. ދެވަނަ ގޭމަކީ ޑަބަލްސް ގޭމެވެ. ރާއްޖޭގެ ދީމާ އާއި ރަފާ ވަނީ އެ ގޭމް 11-5، 11-6 އަދި 11-4 ން ކާމިޔާބު ކޮށްފަ އެވެ. ޖިބޫޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިން ޖުމާނާ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓް 11-2 ން ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އެވެ. ފަހު ދެ ސެޓްގައި ޗެލެންޖު ބޮޑު ވިނަމަވެސް ޖުމާނާ ދެ ސެޓު ވެސް ކާމިޔާބު ކުރި އެވެ. އެ ދެ ސެޓް އޭނާ ކާމިޔާބު ކުރީ 11-9 އަދި 12-10 ންނެވެ. ޖުބޫޓީ އާ ދެކޮޅަށް ކުޅުނު ސިންގަލްސްގެ ދެވަނަ ގޭމް ދީމާ ކާމިޔާބު ކުރީ 11-3، 11-7 އަދި 11-3 ންނެވެ. ޑަބަލްސް ގޭމްސްގައި ފުރަތަމަ ގޭމް ރަފާ އާއި ދީމާ އަށް ޗެލެންޖު ބޮޑުވި އެވެ. އެ ގޭމްސް ކާމިޔާބު ކުރީ 12-20 ން ނެވެ. ދެން ޖެހިގެން އައި ދެ ގޭމް މާބޮޑު އުނދަގުލަކާ ނުލައި 1-6، 11-6 ން ކާމިޔާބު ކުރި އެވެ. ދެވަނަ މެޗުގައި ރާއްޖެ ބަލިވީ ގޭމްސް ބާއްވާ ތުރުކީ އަތުން ސީދާ ތިން ގޭމުންނެވެ. އެ މެޗުގައި ދީމާ ވަނީ ސޮލިޑާރިޓީ ގޭމްސްގެ ރަން މެޑަލަިސްޓް އޮޒްގޭ ޔިލްމާޒު އާ ދެކޮޅަށް ރަނގަޅު ވާދަކޮށްފަ އެވެ. އޮޒްގޭ އެ ގޭމް ކާމިޔާބު ކުރ 3-2 ސެޓުންނެވެ.