01 ޖުލައި 2022
ސ. ފޭދޫގައި މި މަހުގެ ކުރީކޮޅު ހިނގި މާރާމާރީގައި ޒުވާނަކު މަރުވި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ސ. ފޭދޫގައި މި މަހުގެ ކުރީކޮޅު ހިނގި މާރާމާރީގައި ޒުވާނަކު މަރުވި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީގައި މަރުވި މުހައްމަދު ޒަޔާން މޫސާ، 21، އާ ގުޅޭ ތަހުގީގަށް ހުރަސްއެޅި 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ، ބަޔާނުގައި ބުނިގޮތުގައި، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖަކަށް ނުފޫޒު ފޯރުވައި ފުލުހުން ގެންދާ ތަހުގީގަށް ހުރަސް އަޅައި އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އެކަމަށް ދަތިކުރާ ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައި ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާތީ އެކަން ބަލައި އިތުރު ބަޔަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މަރުގެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނޭހެން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ކުޑަ ދެ ކުދިންގެ އިތުރުން 18-28 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނެވެ. ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އަނެއް ބައި މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުމާއި ހޯދިފައިވާ ހެއްކާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކޮށް ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
އެ މާރާމާރީގައި ޒަޔާންގެ ބުރަކައްޓަށް ވަރަށް ފުންކޮށް ހަމަލާދީފައި ހުރުމުން މެޔަށް ވެސް އޭގެ އަސަރުކޮށްފައި ވެ އެވެ. އޭނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.
ފޭދޫ މަރުގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ނަދީމް މަރާލުން: ދައުވާލިބުނު އެންމެން ސަލާމަތްވެއްޖެ
ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި
ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން!
ގަތުލުތަކުގެ ފޮރުވިފައިވާ މޯޓިވް: ސިއްރެއްގެ ގޮތުގައި!
އައްޑޫގައި މީހަކަށް ހަމަލާދޭން އުޅޭ ވީޑިއޯއެއް