20 ޖޫން 2022
ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށް މަރާލި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށް މަރާލި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި މަރުވީ 21 އަހަރުގެ ޒުވާނަނެކެވެ. މި މައްސަލާގައި މީގެ ކުރިން ވަނީ 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އިތުރު ހަތަރު މީހަކު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެއީ 18 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ފުލުހުން ބުންޏެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 18 އަހަރުގެ އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު އައްޑޫ މާރާމާރީއަށް ފަހު ފުލުހުން ވަނީ ރަށުގެ އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ވެސް ބަޔަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންގެ ބަންދު އިތުރުކުރަން ދެވަނަ ފަހަރަށް ކޯޓަށް ގެންދިއުމުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ޒުވާނާގެ މަރުގެ މައްސަލައަށް ހުރަސްއެޅި މީހަކު ހައްޔަރު
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ނަދީމް މަރާލުން: ދައުވާލިބުނު އެންމެން ސަލާމަތްވެއްޖެ
ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި
ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން!
ގަތުލުތަކުގެ ފޮރުވިފައިވާ މޯޓިވް: ސިއްރެއްގެ ގޮތުގައި!
އައްޑޫގައި މީހަކަށް ހަމަލާދޭން އުޅޭ ވީޑިއޯއެއް