މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައި، ހުކުމާ ހަމައަށް ގޮސްފި އެވެ.
13 އެޕްރީލް 2023
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައި، ހުކުމާ ހަމައަށް ގޮސްފި އެވެ.
ޖުލައި، 2017 ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ.
އެއީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން އެ މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މައްސަލާގެ ހުކުމް އިއްވާނެ އެވެ.
ލޯންޗް ކެޕްޓަން އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ހައި ކޯޓުން ވަނީ އިއްވައިފަ އެވެ.
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ނަދީމް މަރާލުން: ދައުވާލިބުނު އެންމެން ސަލާމަތްވެއްޖެ
ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން