14 ނޮވެމްބަރ 2022
މީގެ ފަސް އަހަރު ކުރިން މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމްގެ ބޮލަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އޭގެ ތެރެއިން ނަދީމަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވުނު މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ހަވީރު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. ދެން ތިބި މީހުންނަށް ކުރަނީ އެ ކަމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.
ބާކީ ތިބި މީހުންގެ މައްސަލާގައި ވެސް ކްރިމިނަލް ކޯޓުން މިރޭ ނިންމީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
އެ މައްސަލާގައި ސިއްރު ހެކިން ވަނީ ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސް ދިނުމަށް ފަހު ހެކިބަސް އަނބުރާ ގެންދަން ކޯޓަށް ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގައި އެ މީހުން ބުނެފައިވާ ގޮތުން ހަމަލާދިނީ ކާކުކަން ޔަގީނެއް ނޫނެވެ. ހެކިބަސް އަލުން ނަގައިދޭން އެ މީހުން އެދިފައިވެ އެވެ.
އެ ގޮތަށް ސިޓީ ފޮނުވުމުން އެއީ އަސްލު ވެސް ސިއްރު ހެކިން ފޮނުވި ސިޓީއެއްތޯ ފުލުހުން މެދުވެރިކޮށް ކަށަވަރު ކުރި އެވެ. އެއީ އެ މީހުން ފޮނުވި ސިޓީތަކެއް ކަން ކަށަވަރުވި އެވެ.
ނަދީމް
ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ، އެ މީހުން ފަހުން ފޮނުވި ސިޓީއާ ގުޅިގެން، ކުރިން ދިން ހެކިބަހާ މެދު ޝައްކު އުފެދޭ ކަމަށެވެ. އެ މީހުންގެ ހެކިންގެ ހެކިބަހަށް ރިއާޔަތް ކުރިޔަސް، އެ މީހުންގެ ހެކިބަހާއި ދެން ހުރި ހެކިތަކުގައި ފުށުއަރާ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ދައުލަތުން ކުރިން ބުނެފައިވެ އެވެ. ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ބުނެ އެވެ، އެކަމަށް ބާރު ދިނުމުގެ ގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅި އެވެ.
އެ މައްސަލާގައި ބައެއް ހެކިން ކޯޓުގައި ހެކިބަސް ދީފައެއް ވެސް ނުވެ އެވެ. އެހެންވެ، އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތްކުރަން ދައުލަތުން އެދިފައިވެ އެވެ.
އެކަމަކު ކޯޓުން ނިންމީ ތަހުގީގު ބަޔާންތައް ކުރިން ކޯޓަށް ހުށަހަޅާފައި ނެތުމާއި އަދި ދިފާއުއަށް އެ ބަޔާންތައް ދޫކޮށްފައި ނެތުމުން ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި އެ ބަޔާންތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި