07 ސެޕްޓެމްބަރ 2022
މީގެ 12 އަހަރު ކުރިން މާލޭގައި މަރާލި މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާގެ މައްޗަށް ކުށް ސާބިތުވެ، އިންސާފު ލިބުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެކަމަކު ކޮޓަރިއެއްގެ ތެރޭގައި ސިއްރުން އޭނާ މަރާލި ސަބަބު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
މީގެ 12 އަހަރު ކުރިން މާލޭގައި މަރާލި މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާގެ މައްޗަށް ކުށް ސާބިތުވެ، އިންސާފު ލިބުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެކަމަކު ކޮޓަރިއެއްގެ ތެރޭގައި ސިއްރުން އޭނާ މަރާލި ސަބަބު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ކޮންމެވެސް ތަނެއްގެ ތެރޭގައި ގޮތް ނޭނގޭ ގޮތަކަށް މީހަކު މަރާލާފައި އޮއްވާ ފެނިދާނެ އެވެ. އާންމު ތަނެއްގައި ކުއްލި ގޮތަކަށް ބަޔަކު ގޮސް ހަމަލާދީ މީހަކު މަރާލައިފާނެ އެވެ. ފަހުގެ ތާރީހުތަކުގައި ހިނގި ގިނަ މަރުތަކުގައި ބައެއްގެ މައްޗަށް ދައުވާކޮށް، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެ، ބޮޑެތި ޖަލު ހުކުމްތައް ނުވަތަ މަރުގެ އަދަބު ވެސް އިއްވައިފި އެވެ.
އެކަމަކު އެކަން ކުރި ސަބަބު ނުވަތަ މަގްސަދު (މޯޓިވް) ގިނަ މައްސަލަތަކުގައި ނޭނގެ އެވެ. ފުލުހުންގެ ތަހުގީގު އެހާ ފުނަށް ނުދަނީ ކަމެއް ނުވަތަ އެއީ މުހިންމު ކަމަކަށް ނުވާތީ ސިއްރުކޮށްލަނީ ކަމެއް ނޭނގެ އެވެ. ދެން ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި އޮންނަނީ ކޮންސްޕިރަސީ ތިއަރީތަކެވެ.
ހަމަ ހުރެލާފައި މީހަކު ކުށެއް ކުރުމަކީ ވަރަށް ދުރު ކަމެކެވެ. ވަކިން ހާއްސަކޮށް، މީހަކު މަރާލާނީ ކޮންމެވެސް ސަބަބެއް ނުވަތަ މަގްސަދެއް ހާސިލް ކުރުމަށެވެ.
މަރެއް ހިނގާ ކޮންމެ ފަހަރަކު، "ނުފޮރުޅާ އެއްވެސް ގަލެއް ނުބާއްވާނެ" ކަމަށް ބުނެ ތަހުގީގީ އިދާރާތަކާއި ސަރުކާރުތަކުން ދައްކާ ވާހަކަ ބަޔަކު ހައްޔަރުކޮށް، ދައުވާކޮށްލާ ހިސާބުން ނިމުނީ އެވެ.
މޯޓިވް ހޯދުން މުހިންމުވާ ސަބަބަކީ ކުށުގެ އެންމެ ފުނުގައި ހުރި މޫތަކާ ހަމައަށް ވާސިލްވުމެވެ. ރާވައިގެން ހިންގާ މީހުން މެރުމުގެ ހަރަކާތްތަކަކީ ކޮންމެވެސް ބަޔަކު "ގުރުބާންވެގެން" އެކަމަކު ނުފެންނަ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަންތައްތަކެކެވެ. އަޑީގައި ތިބި މީހުންނާ ހަމައަށް ވާސިލްވެވެނީ ވެސް މޯޓިވް އެނގިގެންނެވެ.
ގާނޫނީ ގޮތުން މީހެއްގެ މައްޗަށް ކުށް ސާބިތުވުމަށްޓަކައި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން ސާބިތުވުމުން ފުދެ އެވެ. މާނައަކީ ކުށްކުރުމުގެ ނިޔަތް އޮވެ، ކުށުގެ އަމަލު ފުރިހަމަ ކުރުމުން ފުދެ އެވެ. އެ ކުށް ކުރުމުގެ ނިޔަތް ގަތީ ކޮން މަގްސަދެއްގައި ކަން ނުވަތަ މޯޓިވް ހޯދުން ލާޒިމެއް ނުވެ އެވެ. ތަހުގީގުތައް އެހާ ފުނަށް ނުގެންދާ ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ.
ކްރައިމް ސީނެއްގައި ފުލުހުން ހެކި ހޯދަނީ --- ފޮޓޯ/މިހާރު
ސިޔާސީ ގޮތުން ނުވަތަ ނަން ހިނގާ މަޝްހޫރު ބޭފުޅުންނާ ގުޅުންހުރި މައްސަލަތަކުގައި މޯޓިވްއެއް ފުލުހުންގެ ތަހުގީގުތަކުގެ ނަތީޖާއިން ނެރެފައި އެބަހުއްޓެވެ. މިސާލަށް، ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ އެވެ. އެކަމަކު ކޯޓަކާ ހަމައަށް ގެންގޮސް މިކަން ތިލަ ކުރެވިފައެއް ނެތެވެ.
އެއް ސަބަބަކީ މޯޓިވްއެއް އޮތް ކަމަށް ކޯޓުގައި ބުނާ ނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެތީ އެވެ. އަދި ގިނަ މީހުން ކުށަށް އިއުތިރާފް ނުވާތީ، ތަހުގީގު ވަރަށް ފުނަށް ގެންގޮސްގެން ނޫނީ މޯޓިވްއެއް އަތު ޖެހުމަކީ އުނދަގޫ ކަމެކެވެ. އަދި ތަހުގީގު ފޯކަސް އަނބުރާލަން ބައެއް މީހުން ބޭނުންކުރާ އުކުޅުތަކުން ވެސް، ހަގީގީ މޯޓިވްއާ ހަމައަށް ވާސިލް ނުވެވިދާނެ އެވެ.
އަނެއް ސަބަބަކީ ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުން ރާއްޖޭގެ ގާނޫނު މިހާރު އޮތްގޮތުން މޯޓިވްއެއް ހޯދުމަށްފަހު އެކަން ސާބިތުކޮށްދިނުން ލާޒިމް ނުވާތީ އެވެ.
މަޝްހޫރު މަރުގެ ބޮޑެތި މައްސަލަތަކެއްގައި މަސައްކަތް ކުރެއްވި ގާނޫނީ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަރުގެ މައްސަލަތަކުގައި މޯޓިވް ނުހޯދާ މައިގަނޑު ސަބަބަކީ އިއުތިރާފަށް ބަލައިގެން ކުށް ސާބިތު ކުރުމުގެ ސަގާފަތެއް އޮތުމުންނެވެ.
"އިއުތިރާފަށް ބިނާކޮށް މަރުގެ ގިނަ މައްސަލަތައް މި ސާބިތު ކުރެވެނީ. އޭނާ މި ބުނަނީ އައި ރުޅިވެރިކަމެއްގެ މަރާލީއޭ. އެހެންވީމަ މޯޓިވްއަކާ ހަމައަށް އިތުރަކަށް ނުދޭ. އޭނާ ބުނާ ބަހަކަށް މި ބަލަނީ. ހެކި ހޯދައިފިއްޔާ މޯޓިވްއާ ހަމައަށް ދެވޭނެ." މަރުގެ މައްސަލަތަކުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތަކުގައި މޯޓިވް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ އޮތީ މޯޓިވްއެއް ސާބިތުކޮށް ދޭންޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމަކު މަރުގެ މައްސަލަތަކުގައި އާންމުކޮށް ދައުވާ ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށްވާތީ މޯޓިވް ހޯދުމުގެ މުހިންމު ކަމެއް ނެތެވެ.
"އެ ގާނޫނުގައި މި އޮންނަނީ ގަސްދުގައި މީހަކު މަރައިފިއްޔާ އެއީ ކުށެކޭ. ވަރަށް އާދައިގެ ގޮތަކަށް އޮތީ. މޯޓިވްއެއް ދައްކާކަށް ނުޖެހޭ. ބައެއް ގައުމުތަކުގައި މޯޓިވް ސާބިތުކޮށް ދިނުމަކީ ލާޒިމް ކަމެއް މަރުގެ މައްސަލަތަކުގައި." އޭނާ ވިދާޅުވި އެވެ.
"މުދަލާއި ހެދި މީހުން މަރާ ހެއްޔޭ، ލޯބީގެ މައްސަަލަތަކުގައި މީހުން މަރާތޯ ނުވަތަ މަސްތުވާތަކެތީގެ ކަންކަމުގައި މީހުން މަރަނީ ކިހާ ވަރަކަށްތޯ މިއީ ޕްރޮފައިލިން ހެދުމަކީ. މިކަމެއް ނެތް ކުރެވިފައެއް." އޭނާ ވިދާޅުވި އެވެ.
"މޯޓިވްގެ ބޭނުމަކީ މީހުން މަރަން މި މެދުވެރިވަނީ ކީއްވެގެންތޯ ބެލުން." އޭނާ ވިދާޅުވި އެވެ.
"ނަޖާހުގެ މައްސަލާގައި (ޝީރީންގެ މަރުގެ މައްސަލަ) ވެސް މޯޓިވްގެ ވާހަކައެއް ނެތް ދެކެވިފައެއް." އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމާފައިވާ ގޮތުން ގަރީނާގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރާ ނަމަ، ކުށުގެ މޯޓިވްއެއް އޮތްކަން ދައުލަތުން ދައްކަން ޖެހޭނެ އެވެ. އެގޮތަށް ނިންމީ ޑީއެންއޭއަށް ބިނާކޮށް ރޭޕްގެ ކުށެއް ސާބިތުކުރި މައްސަލައެއްގަ އެވެ.
"ގަރީނާއިން ސާބިތުކުރާ މި ބާވަތުގެ މައްސަލަތަކުގައި ކުށްކުރި މޯޓިވް އޮތްކަން ދައްކުވައި ދިނުމަކީ ޕްރޮސެކިއުޝަނުން ކުރަންޖެހޭ ކަމެކެވެ." ރޭޕްގެ މައްސަލައަށްފަހު ނިންމި ޝީރީންގެ މަރުގެ މައްސަލާގައި ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވެ އެވެ. އެކަމަކު މިގޮތަށް މިކަން ވެފައި އޮތް މައްސަލައެއް މަދެވެ.
މަރުގެ މައްސަލަތަކަކީ ކުށްވެރިޔާ ޖަލަށްލުމާ ހިސާބުން ނިންމާލެވިގެންވާނެ ކަމެއް ނޫނެވެ. އޭގެ މޯޓިވް ހޯދައި، ތިލަކޮށްގެން ނޫނީ އިންސާފަށް ވާސިލްވެވުނު ކަމަކަށް ނޫނީ ނުވާނެ އެވެ.
ފުލުހަކާއި އާއިލާއަށް ގޭންގަކުން ބިރުދެއްކިތޯ ބަލަނީ
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ނަދީމްގެ މަރު:ދައުވާލިބޭ މީހުން ހައިކޯޓުން ބަންދުނުކުރި
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ގޭންގް ކުށެއް ނުހުއްޓުވުނު،ގާނޫނުގެ އަތް ބަނދެވިފައި!
ނަދީމް މަރާލުން:އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
ނަދީމް މަރާލުން: ދައުވާލިބުނު އެންމެން ސަލާމަތްވެއްޖެ
ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި