Roadha Mihaaru
ނަދީމްގެ މަރު:ދައުވާލިބޭ މީހުން ހައިކޯޓުން ބަންދުނުކުރި

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދުކުރަން އަމުރެއް ނުކުރެވޭނެ: ހައި ކޯޓް

21 ނޮވެމްބަރ 2023

މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ އިސްތިއުނާފްގެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ އިސްތިއުނާފްގެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

ޖުލައި، 2017 ގައި މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ނަދީމަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހުގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން އެ މީހުން ބަންދުކުރަން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު އަމަލުކުރާނެ އިޖްރައާތެއް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތް ކަމަށެވެ. އަދި ކުރިން އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން މީހުން ބަންދު ކުރިޔަސް، އެ މައްސަލަތަކާއި މި މައްސަލަ ތަފާތު ކަމަށް އެ ނިންމުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވަނީ އެ މީހުން ބަންދުކުރަން އެދެނީ ހައި ކޯޓުން މައްސަލަ ނިމޭއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ދައުވާލިބޭ މީހުންގެ ތެރެއިން މަފާޒަކީ އެހެން މައްސަލައަކާ ގުޅިގެން މިވަގުތު ބަންދުގައި ހުރި މީހެއް ކަމަށެވެ. އަދި އެ މީހުން މި މަރުހަލާގައި ބަންދުކުރަން ޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ނިންމުމުގައިވަނީ ހައި ކޯޓުން މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަޒީދެވެ.