26 ޑިސެމްބަރ 2023
މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށާއި ނަމަވެސް ދެން ތިބި ތިން މީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށާއި ނަމަވެސް ދެން ތިބި ތިން މީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަަލާގައި ދައުލަތުން ދައުވާ ކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ތުނޑީ ވިދާތަރި އަލީ ނިފާޒާއި ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދުނެވެ.
ހައި ކޯޓުން މިއަދު ނިންމީ އޭގެ ތެރެއިން އަލީ ނިފާޒް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. ނަމަވެސް ޝާމިނާއި ކަރަމް ސުހައިލް ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.
އެގޮތަށް ނިންމީ ދައުވާލިބޭ ކޮންމެ މީހަކާ ދެކޮޅަށް ހުށަހެޅިފައިވާ ހުށަހެޅިފައިވާ ހެކިތަކަށާއި އެ މީހުންގެ ކުށުގެ ރެކޯޑް ފަދަ ކަންކަމަށް ވަކިވަކިން ބެލުމަށްފަހު ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން މަފާޒް ބަންދު ކުރަން ނުޖެހޭ ކަމަށް ނިންމީ އޭނާއަކީ އެހެން މައްސަލައެއްގައި މިވަގުތު ބަންދުގައި ހުރި މީހަކަށް ވާތީ އެވެ. އަދި އެ މައްސަލާގައި އޭނާ ދޫކޮށްލައިފި ނަމަ މި މައްސަލާގައި މަފާޒް އަލުން ބަންދުކުރަން އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު ޝަހީދެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖުރައާތެއް ގާނޫނުގައި ނެތުމުން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
ޒިޔަދަމްގެ މަރު: ސިފާމް އުމުރަށް ޖަލަށްލީ ރަނގަޅަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ނަދީމްގެ މަރު:ބަންދު ނުކުރި މައްސަލަ އިސްތިއުނާފްނުކުރި