Roadha Mihaaru
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް

އަނަސްގެ މަރު: ބަންދަށް ލުޔެއް ނުދިން، މައްސަލަ ނިމުމަކާ ގާތަށް

19 މާޗް 2023

މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ވެސް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ވެސް ނިންމައިފި އެވެ.

ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ގްރޫޕަކުން ވަދެ، ރ. މީދޫއަށް ނިސްބަތްވާ އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން މ. ދިމިޝްގު، އުސްމާން ޝަރީފާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ މީހުން ވަނީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާތީ ބަންދަށް ލުޔެއް ދޭން އެދިފަ އެވެ. އަދި އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ބުނެ ކަމަށް ވާއިރު، އެފަދަ ފުރުސަތެއް މިހާރު ނެތް ކަމަށް ވެސް އެ މީހުން ބުންޏެވެ.

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން މިއަދުގެ އަޑުއެހުމުގައި ބައިވެރިވަނީ: އެ މީހުންގެ ބަންދަށް ލުއި ނުދޭން ވަނީ ނިންމާފައި.

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން މިއަދުގެ އަޑުއެހުމުގައި ބައިވެރިވަނީ: އެ މީހުންގެ ބަންދަށް ލުއި ނުދޭން ވަނީ ނިންމާފައި.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އަދި އަދިވެސް ބަންދުން ދޫކޮށްފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެތީ ބަންދަށް ލުއި ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދު އެ މައްސަލާގެ އަޑުއެހުން ބޭއްވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ކަމަށް ވިޔަސް، ދައުލަތާއި އަދި ދައުވާލިބޭ މީހުން ގިނަ މީހުންގެ ދިފާއީ ވަކީލުން ވެސް ބޭނުންވީ ހުލާސާ ބަޔާނާ އެއްކޮށް އެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ.

އެހެންވެ، ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ މަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ގާނޫނުގައި މިހާރު އޮންނާތީ އެވެ.