16 ނޮވެމްބަރ 2022
މީގެ ފަސް އަހަރު ކުރިން މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތު ނުވެ، ސަލާމަތްވި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
މީގެ ފަސް އަހަރު ކުރިން މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތު ނުވެ، ސަލާމަތްވި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމްގެ ބޮލަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު އެ މައްސަލަ އަދި އިސްތިއުނާފަކަށް ހުށަަހެއް ނާޅަ އެވެ.
އެ މައްސަލާގައި ހެކިބަސް ދިން ބައެއް ހެކިވެރިން ވަނީ ހަމަލާދިން މީހުން ޔަގީން ނުވާ ކަމަށް ބުނެ ހެކިބަސް ބަދަލުކުރަން ކޯޓަށް ސިޓީ ވެސް ފޮނުވައިފަ އެވެ.
ބައެއް ހެކިވެރިން ހެކިބަސް ދިނުމުން މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގި ކަމަށް ބުނެ ފުުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ވެސް ހުށަހެޅި އެވެ. އެކަމަކު ކޯޓުން ހެކިބަސް ބަދަލުކުރަން ސިޓީ ފޮނުވުމުން އެ ހެކިބަހާ މެދު ޝައްކު އުފެދިފައިވާތީ ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
ނަދީމްގެ މަރު: ހުކުމް އަންނަ ހަފުތާގައި
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
"އަނަސް މަރާލިރޭ އެކަކު ގޭގައި، އަނެކަކު ރަށުގައި"
ނަދީމްގެ މަރު:ހަތަރު އަހަރު ފަހުން އަންނަ މަހު ހުކުމް
އަނަސްގެ މަރު: ތުހުމަތުވާ މީހުންގެ ބަންދު ލުޔެއްނުކުރި
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ