Roadha Mihaaru
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި

ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި

03 ޖުލައި 2022

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ، ނަދީމް އިބްރާހިމް މަރާލި މައްސަލައިގެ ހުކުމް މިއަދު އިއްވަން ހަމަޖެއްސުމަށް ފަހު ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ، ނަދީމް އިބްރާހިމް މަރާލި މައްސަލައިގެ ހުކުމް މިއަދު އިއްވަން ހަމަޖެއްސުމަށް ފަހު ފަސްކޮށްފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒްގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އަދި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެ މައްސަލާގެ ހުކުމް މިއަދު އިއްވަން ހަމަޖެއްސުމަށްފަހު ކެންސަލްކުރީ އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަލާމުގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ނަދީމް

ނަދީމް

އެ މައްސަލާގެ ހުކުމް އެންމެ ފުރަތަމަ އިއްވަން ހަމަޖެއްސީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހަށެވެ.

ނަދީމަށް ހަމަލާދިންކަމުގެ ތުހުމަތު ކުރަނީ މަފާޒްގެ މައްޗަށެވެ. ދެން ތިބި މީހުންނަށް ކުރަނީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވުމުގެ ތުހުމަތެވެ.