12 އެޕްރީލް 2022
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި ރޭ، ދައުވާލިބޭ އެކަކު އޮތީ ގޭގައި ފިލްމު ބަލަން ކަމަށާއި ދައުވާ ލިބޭ އެހެން މީހަކު ހުރީ ލ. ގަމުގައި ކަމަށް ދިފާއީ ހެކިން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދީފި އެވެ.
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި ރޭ، ދައުވާލިބޭ އެކަކު އޮތީ ގޭގައި ފިލްމު ބަލަން ކަމަށާއި ދައުވާ ލިބޭ އެހެން މީހަކު ހުރީ ލ. ގަމުގައި ކަމަށް ދިފާއީ ހެކިން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދީފި އެވެ.
ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށް ގްރޫޕަކުން ވަދެ، ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސާގައި ދައުލަތުން ހަތް މީހަކަށް ދައުވާކުރެ އެވެ. އެއީ ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މިއަދު ކުރިއަށް ގެންދިޔައީ އޭގެ ތެރެއިން ޖުނައިހާއި ސިމާހްގެ ޝަރީއަތެވެ. ސިމާހުގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކަކު ބުނި ގޮތުގައި އަނަސް މަރާލި ރޭ 7:30 އިން ފެށިގެން މެންދަމާ ހަމައަށް އެ މީހުން ތިބީ ސިމާހު އުޅޭ ގޭގައި ސިމާހާ އެކު ފިލްމު ބަލާށެވެ.
އެ ރޭ ދެތިން ފިލްމު ބެލި ކަމަށާއި އެކަމަކު އެއީ ކޮން ފިލްމުތަކެއް ކަން ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތުގެ ތެރޭގައި ސިމާހު ގެއިން ބޭރަށް ނުދާ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
އަނަސްގެ މަރުގެ ދައުވާލިބޭ ސިމާހް (ކ) ގައި އަދި ޖުނައިހް މިއަދުގެ އަޑުއެހުމުގައި: އެ ދެ މީހުން އެރޭ ހަމަލާދިން ތަނުގައި ނެތް ކަމަށް ބުނެ ދިފާއީ ހެކިން ވަނީ ހެކިބަސް ދީފައި
ޖުނައިހްގެ ދިފާއީ ހެކިންގެ ތެރެއިން ހާޒިރުކުރި ދެ މީހުން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ޖުނައިހް ހުރީ ލ. ގަމުގަ އެވެ. އަދި އެރޭ އެ ރަށުގައި ފުޓްބޯޅަ މެޗެއް ކުޅެ ނިންމާފައި ރެސްޓޯރެންޓަކަށް ކާން ދިޔަ ކަމަށް އެ ދެ ހެކިން ބުންޏެވެ. އެދުވަސްވަރު އޭނާ އުޅުނީ ގަމުގައި ކަމަށާއި އަދި އޭނާ މާލެ ދިޔައީ އެ ހާދިސާ ހިނގިތާ 10 ވަރަކަށް ދުވަސް ފަހުން ދޯންޏެއްގައި ކަމަށާއި އޭނާ މާލެ ދިޔައީ ވަޒީފާ ހޯދަން ކަމަށް ވެސް އެ މީހުން ބުންޏެވެ.
ޖުނައިހްގެ ފަރާތުން އިތުރު ދެ ހެކިން ހުށަހަޅާފައި އޮތަސް، މިހާރު އެ މީހުންގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުންޏެވެ.
ޖުނައިހްގެ ލޮލުގެ ފަރުވާއަކަށްޓަކައި އޭނާ ވަގުތީ ގޮތުން ބަންދުން ދޫކޮޮށްފައިވާތީ އެ މުއްދަތު އިތުރުކޮށްދޭން އޭނާގެ ފަރާތުން މިއަދު އެދުނެވެ. އެއީ ލޮލުގެ އިންފެކްޝަނެއް ހެދިފައިވާތީ އާއި ލޮލުގެ ފަރުވާއަށްޓަކައި އިންޑިއާއަށް އަނެއްކާ ވެސް ދާން ޖެހިފައިވާތީ ކަމަށް އޭނާގެ ވަކީލުން ބުންޏެވެ.
ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ފަރުވާއަށްޓަކައި ކުރިން ވެސް ފުރުސަތު ދީފައިވާ ކަމަށާއި އަދި ބަންދުގައި ހުއްޓަސް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ނަމަ، ކަރެކްޝަން މެދުވެރިކޮށް ދެވޭނެ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ޖުނައިހް ވަގުތީ ގޮތުން ދޫކޮށްލީ އޭނާގެ ލޮލުގެ ފަރުވާއަށް އިހުމާލުވަމުން ދިއުމުން ކަމަށެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްފައިވާ މުއްދަތު އަނެއްކާވެސް 30 ދުވަހަށް އިތުރުކުރަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ނަދީމް މަރާލުން:އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
ނަދީމްގެ މަރު: ހުކުމް އަންނަ ހަފުތާގައި
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
ނަދީމްގެ މަރު:ހަތަރު އަހަރު ފަހުން އަންނަ މަހު ހުކުމް
އަނަސްގެ މަރު: ތުހުމަތުވާ މީހުންގެ ބަންދު ލުޔެއްނުކުރި
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ