Roadha Mihaaru
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި

ރާއްޖެއިން ލަންކާ ބަލިކޮށް މޮޅަކާއެކު ކޮލިފައިން ނިންމާލައިފި

14 ޖޫން 2022

ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މޮޅަކާއެކު، އޭޝިއަން ކަޕް ކޮލޮފިކޭޝަންގެ ފައިނަލް ބުރު ރާއްޖެއިން ނިންމާލައިފި އެވެ.

ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މޮޅަކާއެކު، އޭޝިއަން ކަޕް ކޮލޮފިކޭޝަންގެ ފައިނަލް ބުރު ރާއްޖެއިން ނިންމާލައިފި އެވެ.

ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. ލަނޑެއް ނުޖެހި ގިނަ ވަގުތު ހޭދަވި ވަރަކަށް ރާއްޖޭގެ ކުޅުންތެރިންނަށް އޮތް ޕްރެޝަރު ބޮޑުވި އެވެ. އެކަމަކު ދެވަނަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕް) ރާއްޖެ އަށް ލަނޑު ޖަހައި ދިނުމުން ރާއްޖޭގެ ގޭމް އިތުރަށް ރަނގަޅުވި އެވެ.

ކޮލިފައިންގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ހަމްޒާ އެވެ. ފުރަތަމަ މެޗުގައި ތައިލެންޑާ ދެކޮޅަށް، ދެވަނަ ހާފުގެ ފަހު ކޮޅު އޭނާ ބޭލުމުން ރާއްޖޭގެ ކުޅުމަށް އަސަރު ކުރި އެވެ. މިއަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޒާ ވަނީ ކުޅުނު ތިން މެޗުގައި ވެސް ރަނގަޅު ހަމަލާތަކެއް އުފައްދަން ރާއްޖެ އަށް އެހީވެފަ އެވެ.

ރާއްޖެ އަށް ލަނޑު ޖަހައިދިން ހަމްޒާ،އަތުން ބޯޅަ ހޯދަން ލަންކާގެ ކުޅުންތެރިން މަސައްކަތް ކުރަނީ ___ ފޮޓޯ: އެފްއޭއެމް

ރާއްޖެ އަށް ލަނޑު ޖަހައިދިން ހަމްޒާ،އަތުން ބޯޅަ ހޯދަން ލަންކާގެ ކުޅުންތެރިން މަސައްކަތް ކުރަނީ ___ ފޮޓޯ: އެފްއޭއެމް

ހަމްޒާ، ރާއްޖެ އަށް ލަނޑު ޖަހައި ދިނީ 63 ވަނަ މިނެޓްގަ އެވެ. ލަންކާގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި އޭނާ ވަނީ ލަންކާގެ ކީޕަރަށް ވެސް ފުރުސަތު ނުދީ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ކޮލިފައިންގައި ޖެހުނު ހަމައެކަނި ލަނޑާއެކު ދިވެހި ކުޅުންތެރިން ވަރަށް ބޮޑަށް އުފާ ފާޅު ކުރި އެވެ.

ރާއްޖެއިން ޅިޑް ނެގި ފަހުން ލަންކާ އަށް ލިބުނު ޕެނަލްޓީއެއް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި އެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، ލަންކާގެ ކުޅުންތެރިޔަކަށް ކުރި ފައުލުގައި އޭރިއާ ތެރެއަށް ވެއްޓުމުން ލުބުނާންގެ ރެފްރީ އަލީ ރެޒާ ދެއްކީ ޕެނަލްޓީ އަކަށް ކަމަށެވެ. ލަންކާގެ ޕެނަލްޓީ ފޮނުވާލަން ދިޔައީ ޑިލޯން ޑެ ސިލްވާ އެވެ.

މެޗުގައި ހަމްޒާ އަދާކުރި ދައުރާ އެއްވަރުގެ މުހިންމު ދައުރެއް ރާއްޖޭގެ ކީޕަރު ފައިސަލް ވެސް އަދާ ކުރި އެވެ. ލަންކާއިން ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުމެއް ވެސް ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ. އިނގްލެންޑްގެ ޕްރިމިއަ ލީގުގެ ކުރީގެ ކްލަބް، ކުއީން ޕާކް ރޭންޖާސް އަށް ކުޅޭ ޑިލޯން ފޮނުވާލި ޕެނަލްޓީ ވެސް ފައިސަލް ހުއްޓުވި އެވެ. ފުރަތަމަ ކަނާތް ފަޅި އަށް ހަރަކާތް ކުރަން އުޅުމަށް ފަހު ފައިސަލް ވަނީ ފަޅި ބަދަލުކޮށް ޑިލޯން ޕެނަލްޓީ ފޮނުވާލި ފަޅި އަށް ޑައިވް ކޮށްފަ އެވެ.

ރާއްޖޭގެ ޓީމު ދަނޑަށް ނުކުންނަނީ ކީޕަރު ފައިސަލް މެދުގައި: މެޗުގައި ފައިސަލް ވަނީ މުހިންމު ދައުރެއް އަދާކޯށްފަ --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ޓީމު ދަނޑަށް ނުކުންނަނީ ކީޕަރު ފައިސަލް މެދުގައި: މެޗުގައި ފައިސަލް ވަނީ މުހިންމު ދައުރެއް އަދާކޯށްފަ --- ފޮޓޯ: އެފްއޭއެމް

މި މެޗަކީ، މިދިޔަ އަހަރު ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ލަންކާ އާ ދެކޮޅަށް ރާއްޖެ ކުޅުނު ފަހުން އެޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރީ ގައުމީ ޓީމަށް ކޯޗު ކޮށްދިން ފުރުތަމަ މެޗަކީ ވެސް އެ މެޗެވެ. އެ މެޗުގައި ރާއްޖެއިން ހަތަރު ލަމނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް، ލަންކާގެ އަހުމަދު ވަސީމް ރަޒީކު ހަތަރު ލަނޑު ޖަހައިގެން ރާއްޖެއާ 4-4 ން އެއްވަރު ކޮށްފަ އެވެ.

ކޮލިފިކޭޝަންގައި އޭނާ ކުޅެފައެއް ނުވެ އެވެ. އަދި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ލާންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސޫޖަން ޕެރޭރާ ވެސް ކުޅެފަ އެއް ނުވެ އެވެ. އޭނާގެ ބަދަލުގައި ގޯލް ބެލެހެއްޓީ ލަންކާގެ ކަވީޝް ލަކްޕްރިޔާ ފެނާންޑޯ އެވެ.

މި ގުރޫޕްގެ ފަހު މެޗުގައި ކޮލިފައިން ހޯސްޓް ކުރި އުޒްބެކިސްތާން ވަނީ ތައިލެންޑްގެ މައްޗަށް ކާމިޔާބު ހޯދައި ގުރޫޕްގެ އެއްވަނައިގައި އޭޝިއަން ކަޕަށް ކޮލިފައި ވެފަ އެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ދެވަނަ ޓީމުގެ ތަކުގެ ތެރޭ ހިމެނިގެން ތައިލެންޑް ވެސް ވަނީ އޭޝިއަން ކަޕުން ޖާގައި ހޯދައިފަ އެވެ.