އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު 1-0 އިން ޓިމޯ ލެސްޓޭ ކާމިޔާބު ކޮށްފި އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު 1-0 އިން ޓިމޯ ލެސްޓޭ ކާމިޔާބު ކޮށްފި އެވެ.
އޮސްޓްރޭލިއާގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވި އިރު، އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އަލީ ފާސިރު (ސެންޓޭ) އެވެ. ނަމަވެސް އޭނާގެ ހަމަލާ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓިމޯ ލެސްޓޭގެ އެޓޭކްތައް ވަރުގަދަކޮށް ފެނުނު އިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.
ޓިމޯ ލެސްޓޭ މެޗުގައި ޖެހި ހަމައެކަނި ލަނޑު، 45 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ.
މިއީ 2027 އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ މާޗު މަހު ވަނީ ފިލިޕީންސާ ވާދަކޮށް 4-1 އިން ބަލިވެފަ އެވެ.
ރާއްޖޭގެ ލީގު ހުއްޓިފައި އޮތުމާ ގުޅިގެން، ގައުމީ ސްކޮޑެއް އެކުލަވާލީ، ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި އެފްއޭއެމް ލީގް ކަޕެއް ބޭއްވުމަށް ފަހު އެވެ. އަދި މި މެޗާ ކުރިމަތިލުމުގެ ކުރިން މިދިޔަ ހަފްތާ ވަނީ ސިންގަޕޫރާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
އޭޝިއަން ކަޕަށް ކޮލިފައި ވާނީ ގުރޫޕްގެ އެއް ވަނަ ޓީމެވެ. ރާއްޖެ އާއި ޓިމޯ ލެސްޓޭ އަދި ފިލިޕީންސްގެ އިތުރުން ގުރޫޕް އޭގައި ހިމެނެނީ ތަޖިކިސްތާނެވެ. ތަޖިކިސްތާން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.
ރާއްޖޭގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހު އެވެ. އެއަށް ފަހު ރާއްޖެ ކުޅޭ ކޮލިފައިންގެ ތިންވަނަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ އޮކްޓޫބަރު މަހު އެވެ.
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
އައިހަމް އާއި އީނާޒް މުޅިން އަލަށް ގައުމީ ޓީމަށް
ރާއްޖެ އާއި އީސްޓް ޓިމޯގެ މެޗު އޮންނާނީ އޮސްޓްރޭލިއާގައި
ކޮލިފައިން މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް
ފިލިޕީންސް އަތުން ބަލިވެ ރާއްޖޭގެ ފެށުން ގޯސް
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު