15 ޖޫން 2022
ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނަށް ކްލަބްތަކުގައި ކުޅެން ނުލިބޭ މައްސަލައިގައި، ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނަށް ކްލަބްތަކުގައި ކުޅެން ނުލިބޭ މައްސަލައިގައި، ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް ހޯސްޓް ކުރި އުޒްބެކިސްތާނުގެ ގައުމީ ޓީމާ ބެހޭގޮތުން މޮރިއޭރޯ ދެކެނީ ކިހިނެއްތޯ އެ ގައުމުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ބުނީ އުޒްބެކިސްތާންގެ ކޯޗު ސުރެކޯ ކަޓަނެކް އާ ވަހަކަ ދެއްކި ކަމަށެވެ. ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ކްލަބްގައި ފުޓްބޯޅަ ކުޅެން ނުލިބުމަކީ ކަޓަނެކް އަށް ވެސް ކުރިމަތިވާ މައްސަލައެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ ރާއްޖޭގެ ކޯޗު ކަމުގައި އޭނާ އަށް ވެސް އެ މައްސަލަ ކުރިމަތިވާ ކަމަށެވެ.
"އަހަރެމެން ގައުމީ ޓީމުތަކުގެ ކޯޗުންނަށް މިއޮތީ އެއްކަހަލަ މައްސަލަތަކެއް،" މޮރިއޭރޯ ބުންޏެވެ.
"ބައެއް ކުޅުންތެރިން ކްލަބްތަކުގައި ގަވާއިދުން ކުޅެން ނުލިބުމާއި މެޗުތަކަށް ތައްޔާރުވާން ލިބޭ ވަގުތު މަދުވުމާއި އަހަރެމެންނަށް ކުޅުންތެރިންނާއެކު ހޭދަ ކުރަން ލިބޭ ވަގުތު މަދުވުމުގެ މައްސަލަ ތަކަކީ އަހަރެމެން ގައުމީ ޓީމުތަކުގެ ކޯޗުންނަށް ކުރިމަތިވާ އެއް ކަހަލަ މައްސަލަތައް."
މޮރިއޭރޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ: އޭނާ ބުނީ ރާއްޖޭގެ ޓީމުގެ ކިބައިގައި ކޮލިޓީ އެބަހުރި ކަމަށް --- ފޮޓޯ: އެފްއޭއެމް
މޮރިއޭރޯ ބުނީ ރާއްޖޭގެ ގައުމީ ޓީމުގައި އޭނާ އަށް އޮތް މަސައްކަތަކީ ހަމައެކަނި ކުޅުންތެރިންތަކެއް ބިނާ ކުރުން ނޫން ކަމަށެވެ. މެޗުތަކުގައި ގޯސްތައް މަދުކޮށް ކުޅޭ ކުޅުންތެރިންތަކެއް ބިނާ ކުރުން ވެސް އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށް މޮރިއޭރޯ ބުންޏެވެ.
އިއްޔެ ލަންކާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ރާއްޖެއިން ކޮލިފައިން ނިންމާލީ ގުރޫޕްގެ ތިންވަނައިގަ އެވެ. އެކަމަކު މެޗަށް ނުކުތް އިރު ވެސް އަންނަ އަހަރު ބާއްވާ މުބާރާތުން ރާއްޖެ އަށް ވަނީ ޖާގަ ގެއްލިފަ އެވެ. ފުރަތަމަ ދެ މެޗުގައި ތައިލެންޑް އަދި އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ އެވެ.
މޮރިއޭރޯ ބުނިގޮތުގައި، ކޮލިފައިން އަށް ތައްޔާރު ވާން ލިބުނު ވަގުތާ ބަލާފައި ތިން މެޗުގައި ވެސް ދިވެހި ޓީމު ދެއްކި ކުޅުމާ މެދު އޭނާ ހިތްހަމަޖެހެ އެވެ.
"އަހަންނަށް ހީވަނީ ފުރަތަމަ ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފެށިގެން އަހަރެމެންގެ ކުޅުން ރަނގަޅުހެން، އަހަރެމެންގެ ކުޅުމުގެ ފިލޯސަފީ ގެއްލިގެން ނުދޭ،" ލަންކާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑީއާ އާ ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ.
ލަންކާ މެޗަށް ފަހު މޮރިއޭރޯ، ރާއްޖޭގެ ކުޅުންތެރިޔަކަށް މަރުހަބާ ކިޔަނީ: ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް މޮރިއޭރޯ ބުނޭ --- ފޮޓޯ: އެފްއެމް
ލަންކާ އާ ދެކޮޅަށް ކުޅެން ވެސް ފަސޭހަ ނޫން ކަމަށް މޮރިއޭރޯ ބުންޏެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ރާއްޖެއިން ފުރަތަމަ މެޗެއް ކުޅުނީ ވެސް ލަންކާ އާ ދެކޮޅަށެވެ. ނޮވެމްބަރު މަހު އެ ގައުމުގައި ބޭއްވި މަހިންދަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ހަތަރު ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް ލަންކާއިން 4-4 ން ނަތީޖާ ހަމަހަމަ ކުރި އެވެ.
މޮރިއޭރޯ ބުނި ގޮތުގައި އެ މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް ރާއްޖެ އަށް 10 ލަނޑު ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ކޮލިފައިންގައި އިއްޔެ ލަންކާ އަތުން ލިބުނު އުނދަގޫ ތިން ޕޮއިންޓަކީ އޭނާ އަށް ވަރަށް މުހިންމު މޮޅެއް ކަމަށް އިޓަލީގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
"މި މެޗުން މޮޅުވުމުން އަހަރެން މި ހުރީ ހިތްހަމަޖެހިގެން. ސަބަބަކީ މި މޮޅަކީ އަހަންނަށް ވަރަށް އަގުހުރި މޮޅެއް،" މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި މޮރިއޭރޯ ބުންޏެވެ.
"ތިން މެޗަށް ފަހު އަހަރެންގެ ކުޅުންތެރިންނަށް މޮޅެއް ހައްގު ވެގެންވޭ. އަދި މި ތިން މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި މި ލިބުނު މޮޅަކީ އަހަންނަށް ވަރަށް މުހިންމު ނަތީޖާއެއް."
މޮރިއޭރޯ ބުނީ ރާއްޖޭގެ ޒުވާން ފޯވާޑުންގެ ކިބައިގައި ފެންވަރު އެބަހުރި ކަމަށެވެ. އެ ކުޅުންތެރިން ގައުމީ ޓީމުގައި ތިބުމުގެ މުހިންމު ކަން ވެސް މޮރިއޭރޯ ފާހަގަ ކުރި އެވެ.
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގައި ތަރުޖަމާނަކު ނެތް
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
ދަށް ކުޅުމެއް، ކޯޗަށް ޓާގެޓް ވެސް ހާސިލް ނުކުރެވުނު
ތަރުޖަމާނު ނެތި މޮރިއޭރޯއަށް މުއާމަލާތް ކުރަން އުނދަގޫ
މުސާރަ ނުދޭ ވާހަކަ ބާއްވާފައި ކޯޗު އާ އެއްބަސްވުމަކަށް