08 ޖޫން 2022
ތައިލެންޑާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި، ރާއްޖެއިން ދެއްކި ކުޅުން ރަނގަޅު ކަމަށާއި ބަލިވީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ހެދުނު ދެ ގޯހުން ކަމަށް، ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ތައިލެންޑާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި، ރާއްޖެއިން ދެއްކި ކުޅުން ރަނގަޅު ކަމަށާއި ބަލިވީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ހެދުނު ދެ ގޯހުން ކަމަށް، ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސީ ގައި ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 ންނެވެ. ރާއްޖެ ކޮޅަށް ތައިލެންޑްގެ ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު ވަގުތުގަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޮރިއޭރޯ ބުނި ގޮތުގައި ރާއްޖެއިން މެޗު ފެށިގެން ފުރަތަމަ ހާފުގެ ފަހު ބަޔަކާ ހަމަޔަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
"އަހަރެންގެ ޓީމު ވަނީ ރަނގަޅު މެޗެއް ކުޅެފަ. އަހަރެމެން ފެށީ ވެސް ރަނގަޅަށް. އެކަމަކު އަހަރެމެންގެ ނަސީބު ވަރަށް ދެރަ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު އަހަރެމެންނަށް ހެދުނު ދެ ގޯހުން އެ ޓީމު ދެ ލަނޑު ޖެހީ،" މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ.
"ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި. އަހަރެމެން މެޗަށް ރަނގަޅަށް ތައްޔާރު ވެސް ވިން ތައިލެންޑްގެ ޑިފެންސްގެ ފަހަތަށް ރަނގަޅު ހުރަސްތަކެއް ވެސް އަހަރެމެންގެ ކުޅުންތެރިން ނެގި."
ރާއްޖޭގެ ކެޕްޓަން އަކުރަމް ބޯޅަ ހޯދަން މަސައްކަތް ކުރަނީ: ދެވަނަ ލަނޑު ވަނީ އޭނާ އަށް ހެދުނު ގޯހަލުން --- ފޮޓޯ: އެފްއޭއެމް
މޮރިއޭރޯ ބުނި ގޮތުގައި ކުޅުންތެރިންގެ މަސައްކަތާ މެދު އޭނާ ބުނާނެ އެއްޗެއް ނެތެވެ. ކުޅުންތެރިންނަށް ވީ އެންމެ ރަނގަޅަކަށް ކުޅެން މަސައްކަތް ކޮށްފައިވާ ކަމަށް، އިޓަލީ އަށް ނިސްބަތްވާ ކޯޗު ބުންޏެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުން ފެނުނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށެވެ. މޮރިއޭރޯ ބުނި ގޮތުގައި ދެވަނަ ހާފު ރަނގަޅަށް ކުޅެވުނީ ނަތީޖާ އާ މެދު ނުވިސްނައި ކުޅެން ފެށުމުންނެވެ.
"ދެވަނަ ހާފުގައި ތިން ފުރުސަތެއް އަހަރެމެން އުފެއްދިން. އަހަރެމެންނަށް އެ ފުރުސަތުތައް ބޭނުން ނުކުރެވުނީ ނަސީބު ނެތުމުން،" ރާއްޖޭގެ ކޯޗު ކަމުގައި ފަސް ވަނަ މެޗަށް ނުކުތް މޮރިއޭރޯ ބުންޏެވެ.
ކުޅުންތެރިން ގާތު އޭނާ އެދުނު ގޮތަށް ކުޅެން މަސައްކަތް ކޮށްފައިވާ ކަމަށް މޮރިއޭރޯ ބުންޏެވެ. އޭނާ ބުނީ މެޗެއްގެ ކޮންމެ ހާލަތެއްގައި ވެސް ބަދަލު ވެދާނެ ކަމަށެވެ. އެކަމަކު އެކަމާ ކުޅުންތެރިންނަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް މޮރިއޭރޯ ބުންޏެވެ.
ބެންޗުގައި ހުރެ މޮރިއޭރޯ ޓީމަށް އިރުޝާދު ދެނީ --- ފޮޓޯ: އެފްއޭއެމް
"ތައިލެންޑަކީ ވަރަށް ވަރުގަދަ ޓީމެއް އެހެންވެ އަހަރެމެން އިސްކަން ދިނީ ޑިފެންސަށް. އެޓީމުގެ ފަހަތުގައި ތިބީ ދެ ޑިފެންޑަރުން. އެ ޓީމުގެ ކުޅުނީ ހަލުވި ގޭމެއް ނޫން. އެކަމަކު އަހަރެން ބުނިހެން އެއީ ވަރަށް ވަރުގަދަ ޓީމެއް،" މޮރިއޭރޯ ބުންޏެވެ.
މި ގުރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ، މި ގުރޫޕްގެ ކޮލިފައިން ބާއްވާ ގައުމު އުޒްބެކިސްތާނާއި ލަންކާ ކުޅުނު މެޗު، އުޒްބެކިސްތާން ކާމިޔާބު ކުރީ 3-0 ންނެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ.
ހަ ގުރޫޕް ހިމެނޭ ކޮލިފައިން ބުރުގެ އެއްވަނަ ހޯދާ ޓީމު ސީދާ އަންނަ އަހަރު ބާއްވާ މުބާރަތަށް ކޮލިފައި ވާނެ އެވެ، ހުރީ ގުރޫޕަކުން ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމަށް ވެސް މުބާރާތުން ޖާގަ ލިބޭނެ އެވެ.
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
ދިވެހި ޓީމުން އިޓަލީ ފުޓްބޯޅަ ސްޓައިލް ފެންނާނެ: ކޯޗު
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގައި ތަރުޖަމާނަކު ނެތް
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
ދަށް ކުޅުމެއް، ކޯޗަށް ޓާގެޓް ވެސް ހާސިލް ނުކުރެވުނު
ތަރުޖަމާނު ނެތި މޮރިއޭރޯއަށް މުއާމަލާތް ކުރަން އުނދަގޫ