Roadha Mihaaru
ވާޗުއަލް ޓުއާއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް

ވާޗުއަލް ޓުއާގައި ބައިވެރިވެގެން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް

10 ޖޫން 2022

މޯލްޑިވްސް ވާޗުއަލް ޓުއާ އެކްސްޕޯ 2022 ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން، ސީޕްލޭންގައި ރާއްޖޭ ވަށައި ދަތުރުކޮށްލުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މޯލްޑިވްސް ވާޗުއަލް ޓުއާ އެކްސްޕޯ 2022 ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން، ސީޕްލޭންގައި ރާއްޖޭ ވަށައި ދަތުރުކޮށްލުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އެ ދަތުރުގައި، 12 ގަޑިއިރު ތެރޭ ރާއްޖޭގެ 700 ރަށާ އެކު 13 އަތޮޅު ކަވަރުކުރަން ވަނީ ހަމަޖެހިފަ އެވެ.

"މި ޓުއާގައި ސީޕްލޭން ބައެއް ރަށްރަށަށް ޖައްސާނެ. ދަތުރުގެ ބައިވެރިންނަށް އެ ރަށްތަކަށް ފައިބާ ރަށުތެރެ ބަލައިލުމާ އެކު، ތަފާތު ހަރަކާތްތައް ރޭވިފައި އެބަހުރި،" ޓީއެމްއޭ އިން ބުންޏެވެ.

މި ދަތުރުގެ ނަސީބުވެރިޔާ އަށް އައްޑ ބަލައިލަން ވެސް ފުރުސަތު ދޭނެ އެވެ.

ޓީއެމްއޭއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް ދޭން ވަނީ ނިންމާފައި. ---ފޮޓޯ: ޓީއެމްއޭ

ޓީއެމްއޭއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް ދޭން ވަނީ ނިންމާފައި. ---ފޮޓޯ: ޓީއެމްއޭ

އެކްސްޕޯގައި ބައިވެރިވާ ހުރިހާ އެންމެނަށްވެސް ޓީއެމްއޭގެ ސީޕްލޭން ޓުއާގެ ގުރުއަތުގައި ބައިވެރިވެވޭ އިރު، ރާއްޖޭގައި 50 ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭ ލަކީ ޑްރޯއެއް ވެސް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ސީޕްލޭން އޮޕެރޭޓަރުންގެ ތެރޭ ހިމެނޭ ޓީއެމްއޭ އިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ދުވާލަކު 300 އަށް ވުރެ ގިނަ ސީޕްލޭން ދަތުރުތައް ކުރަމުންނެވެ.

މީގެ އިތުރުން ވެލާނާ އެއާޕޯޓާއި ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓާ ދެމެދު ސީޕްލޭންގެ ހިދުމަތް ޓީއެމްއޭ އިން އަންނަނީ ދެމުންނެވެ.

މޯލްޑިވްސް ވާޗުއަލް ޓުއާ އެކްސްޕޯ އަކީ އޮންލައިންކޮށް ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު ކޮންސިއުމާ އެކްސްޕޯ އެވެ. ދުނިޔޭގެ އެކިހިސާބުތަކުން މިލިއަނަކަށްވުރެ ގިނަ މީހުންނަށް މި އެކްސްޕޯ ބަލައިލެވޭނެ އެވެ.

އެ އެކްސްޕޯގެ ބައިވެރިންނަށް ގޭގައި ތިބެގެން ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްލެވޭނެ ކަމަށާއި އަދި ރަނގަޅު އަގެއްގަައި ގެސްޓްހައުސްތަކާއި ރިސޯޓުތައް ބުކް ކުރެވޭނެ ކަމަށް ޓީއެމްއޭއިން ބުންޏެވެ.

އަންނަ މަހު ފަށާ މޯލްޑިވްސް ވާޗުއަލް ޓުއާގައި 1،000 އަށް ވުރެ ގިނަ ރަށް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.