23 ޖުލައި 2022
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓީއެމްއޭ ވިއްކާލަން، އެ ކުންފުނީގެ އަޣުލަބިއްޔަތު ހިއްސާދާރު ކާލައިލް ގްރޫޕުން މަސައްކަތް ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓީއެމްއޭ ވިއްކާލަން، އެ ކުންފުނީގެ އަޣުލަބިއްޔަތު ހިއްސާދާރު ކާލައިލް ގްރޫޕުން މަސައްކަތް ފަށައިފި އެވެ.
ދުނިޔޭގެ މަޝްހޫރު އެއް ނިއުސް އެޖެންސީން، ބްލޫމްބާގްގައި ވާ ގޮތުން، ޓީއެމްއޭ 700 މިލިއަން ޑޮލަރަށް ވިއްކާލަން އެމެރިކާގެ ކުންފުނި، ކާލައިލް އިން އަންނަނީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ކާލައިލްގެ އިތުރުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރުންގެ ތެރޭގައި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓް ކުންފުނިން ވެސް ހިމެނެ އެވެ. އެ ކުންފުނިތަކާ އެކު ޓީއެމްއޭ ވިއްކާލުމުގެ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
ޓީއެމްއޭ ގަތުމަށް އިންވެސްޓަރުންނާއެކު މަޝްވަރާތައް ފެށިއިރު، އެ ފަރާތްތަކުގެ މައުލޫމާތުތައް ކާލައިލް އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި މި މުއާމަލާތުތައް ހިންގާނީ "ޕްރައިވެޓް" ސޭލް އެއްގެ ގޮތުގަ އެވެ.
މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޓީއެމްއޭގެ ދަތުރުތައް ހުއްޓާލުމާއެކު، ދަރަނި ދެއްކުމުގައި އެ ކުންފުންޏަށް ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ. ޓީއެމްއޭގެ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދެއްކުމުގައި އުނދަގޫތައް ކުރިމަތިވިއިރު ދަރަނި ރީސްޓްރަކްޗާކޮށް، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކާލައިލް އިން ގަނެފައިވަނީ މިދިޔަ އަހަރު އެވެ.
ޓީއެމްއޭ އަށް ނުދެއްކުނު ލޯނަކީ އެ ކުންފުނީގެ އޭރުގެ މެޖޯރިޓީ ހިއްސާދާރު ބެއިން ކެޕިޓަލް އިން 2017 ވަނަ އަހަރު ގަތުމަށް ނެގި ލޯނެކެވެ.
ބްލެކްސްޓޯން އަތުން 2017 ގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް ޓީއެމްއޭ ގަތް، އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އަށް 305 މިލިއަން ޑޮލަރު ހަމަޖައްސައިދިނީ، އިންވެސްޓްމެންޓްތަކަށް ހޭދަކުރާ އަމިއްލަ އެތައް ބަޔަކު ގުޅިގެންނެވެ.
ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި މި ވަގުތު 56 ބޯޓު ހިމެނެ އެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ވެސް އެ ހިދުމަތްދެމުންނެވެ. ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭ އިން މިހާރު ދަތުރުކުރެ އެވެ.
ޓީއެމްއޭ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގަމުން އަންނަ ކުންފުނި ކަމަށް ވާއިރު، މިދިޔަ 30 އަހަރުގެ ތެރޭ އެ ކުންފުނި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.
ވާޗުއަލް ޓުއާއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް
ޓީއެމްއޭއަށް 300 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކިފައި
ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި
ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭގެ ހިއްސާ ގަންނަނީ
ޓީއެމްއޭގެ ބޯޓުގެ ބައިތަކުގައި ހުރީ ދަބަރު ޖަހާފައި!
ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެއްޖެ
ޓީއެމްއޭގެ މައުލޫމާތު ސެޝަނެއް ބާއްވައިފި
ޓީއެމްއޭގެ ފްލީޓަށް އާ ބޯޓެއް
ޓީއެމްއޭއިން އިތުރު ސީ ޕްލޭނެއް ގެނެސްފި
ޓީއެމްއޭއަށް ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑެއް