Roadha Mihaaru
ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި

ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި

04 އެޕްރީލް 2017

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ބޯޓެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ބޯޓެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކެނެޑާގެ ކަލްގަރީން އަލަށް ގެނައި ބޯޓާއެކު އެ ކުންފުނީގެ ބޯޓުތަކުގެ އަދަދު 47 އަށް އިތުރުވާނެ ކަމަށެވެ. މިއީ ޓީއެމްއޭ އިން މިއަހަރު ގެނައި ދެވަނަ ބޯޓެވެ.

ޓީއެމްއޭ އިން އަލަށް ގެނައި މަތިންދާބޯޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޓީއެމްއޭ

ޓީއެމްއޭ އިން އަލަށް ގެނައި މަތިންދާބޯޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޓީއެމްއޭ

ޓީއެމްއޭ އިން ބުނީ އިތުރު ބޯޓެއް ގެނައީ ރިސޯޓްތައް ހުޅުވޭ އަދަދު އިތުރުވެ، އަދި ރިސޯޓުތަކުގެ އެނދު އިތުރުވަމުން އަންނާތީ އާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މަތިވަމުން އަންނާތީ ކަމަށެވެ. އަދި ޑިމާންޑް އިތުރުވަމުން އަންނާތީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓު ގެންނަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން ބުނީ މިދިޔަ އަހަރު އެ ކުންފުނިން 120،000 ދަތުރުކޮށް އެއް މިލިއަނެއްހާ ފަސިންޖަރުން އުފުލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 80،000 އާއްމުން ވެސް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.