05 ޖުލައި 2018
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީ ޕްލޭނެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ. މިއީ އެ ކުންފުނިން ގެނައި 50 ވަނަ ސީ ޕްލޭނެވެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީ ޕްލޭނެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ. މިއީ އެ ކުންފުނިން ގެނައި 50 ވަނަ ސީ ޕްލޭނެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރުގެ ފްލީޓްގައި މިހާރު 49 ބޯޓު ބޭނުން ކުރެ އެވެ. އަލަށް ގެނައީ ވެސް 16 މީހުންގެ ޖާގައިގެ ޓުވިން އޮޓާ މަރުކާރުގެ ބޯޓެކެވެ.
ޓީއެމްއޭ އިން މިއަދު ބުނީ ކެނެޑާގެ ކަލްގަރީން އަލަށް ގެނައި ބޯޓުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެ ކުންފުނިން ބުނީ އާ ބޯޓެއް ގެނައުމަކީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ގޮތުގައި އޮތުމަށް ލިބޭ އިތުރު ބާރަކަށް ވެފައިވާ ކަމަށެވެ.
ޓީއެމްއޭ އިން ބުނިގޮތުގައި، އެ ކުންފުނިން މިހާތަނަށް ވާނީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި، އާ ބޯޓަކީ ރާއްޖޭގައި ޓޫރިޒަމްގެ ޑިމާންޑް އިތުރުވަމުން އަންނާތީ ޚިދުމަތް ފުޅާކުރަން ގެނައި ބޯޓެއް ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.
ޓީއެމްއޭ އިން އެންމެ ފަހުން ސީ ޕްލޭނެއް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ކުންފުނިން ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓޫރިސްޓުން އުފުލުމުގެ ޚިދުމަތް ދެމުން ގެންދެ އެވެ. އެގޮތުން، އަހަރަކު 120،00 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ.
އެމެރިކާ އިންވެސްޓްމަންޓް ކުންފުނި، ބައިން ކެޕިޓަލް އާއި ޗައިނާގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓެމްޕަސް ގްރޫޕާ ގުޅިގެން، ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ގަނެފަ އެވެ.
ލީޑިންގް ސީޕްލޭން އޮޕަރޭޓަރަކަށް އަނެއްކާވެސް ޓީއެމްއޭ
ޓީއެމްއޭގެ ހިއްސާ ގަންނަން ދެ ކުންފުންޏަކުން ސޮއިކޮށްފި
ޓީއެމްއޭ އިން އިތުރު ސީ ޕްލޭނެއް ގެނެސްފި
ޓީއެމްއޭގެ ހިއްސާ ބިލިއަން ޑޮލަރަށް ވިއްކާލަނީ!
ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި
ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭގެ ހިއްސާ ގަންނަނީ
ޓީއެމްއޭގެ ބޯޓުގެ ބައިތަކުގައި ހުރީ ދަބަރު ޖަހާފައި!
ޓީއެމްއޭގެ ބޯޓަކަށް އިއްޔެ ދިމާވި ހާދިސާ ތަހުގީގުކުރަނީ
ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓް ވެއްޖެ
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް