ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާ އިން ދޭން ނިންމައި އެކަން ރަސްމީކޮށް އަންގައިފި އެވެ.
28 ޖޫން 2025
ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާ އިން ދޭން ނިންމައި އެކަން ރަސްމީކޮށް އަންގައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން އެކަމާ ގުޅޭ ރަސްމީ އީމެއިލް ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
އެ އެންގުމުގައިވާ ގޮތުން އަންނަ ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާއިންނެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ އަދިވެސް މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެންގުމުގައި ވެ އެވެ.
ނަމަވެސް އެ ނިންމުމާ ހިތްހަމަނުޖެހިގެން، ނިންމުން ބަދަލު ކުރުމަށްޓަކައި އެ ކުންފުނީގައި މަސައްކަތްކުރާ ޕައިލެޓުން ވަނީ މެނޭޖްމެންޓާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ސަރުކާރާ ވެސް ބައްދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 150 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ކެޓަގަރީ ސީގައި ހިމެނެނީ އަނެއް ދެ ކެޓަގަރީއަށް ނުފެތޭ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނެވެ. އެފަދަ ތަންތަނުން ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ޖެހޭނީ އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 15 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ނަމަ އެވެ.
އެ ގާނޫނަށް ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކާއި ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކުން މިހާރު ވެސް އަންނަނީ އަމަލު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، ޓީއެމްއޭއިން އަދި މިހާތަނަށް އެ ގާނޫނާ އެއްގޮތަށް އަމަލު ކުރާކަށް ނުފަށަ އެވެ. އެ ގާނޫނަށް އަމަލު ކުރުމަށްޓަކައި އެ ކުންފުނިން ވަނީ އެމްއޭސީއެލްއަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ދިވެހި ރުފިޔާއިން ދައްކަން ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް އެމްއޭސީއެލްއިން އެއްބަސްވެފައި ނުވާތީ، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ، މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.
ޓީއެމްއޭއިން މުސާރަ ރުފިޔާއިން ދެނީ
މަނީ ޗޭންޖަރުންގެ 163 ލައިސަންސް ބާތިލްކޮށްފި
ޓީޓީ ހަދަން ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކުރި
ޓީޓީޕޭމަންޓުތަކަށް ދޭ ޑޮލަރު 10 ޕަސެންޓު އިތުރުކޮށްފި
ޕައިލެޓުންގެ ޑިމާންޑަށް ޓީއެމްއޭ އިން ދޫދީފި!
ސާވިސްޗާޖު ރުފިޔާއިން ދިނުމަކީ ހައްގު ނިންމުމެއް ނޫން
ޔުނިވާސަލްއިން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި
ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން
މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭއަށް ނަގަނީ
ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް