ޓޫރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގާނޫނުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފި އެވެ.
ޓޫރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގާނޫނުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފި އެވެ.
ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ މިދިޔަ އަހަރު ނެރުނު ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށައިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މި ގާނޫނުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހިއްސާކުރަން ޓީއެމްއޭގެ މެނޭޖްމަންޓުން އިއްޔެ ވަނީ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި، މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން ނިންމާފައިވާ ކަން ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ.
ނަމަވެސް، އެ ނިންމުން އަދި ރަސްމީކޮށް މުވައްޒަފުންނަށް އަންގާފައިވާ ނުވާއިރު، މި ނިންމުމަށް އަމަލުކުރަން ފަށާނެ ސީދާ ތާރީހެއް މުވައްޒަފުން ގާތު ބުނެފައިނުވާ ކަން ވެސް އެނގިފައިވެ އެވެ.
ޓީއެމްއޭގެ މުވައްޒަފުންނަށް މުސާރަ ރުފިޔާ އިން ދޭން ނިންމިކަން މުވައްޒަފުންގެ ބައްދަލުވުމެއްގައި އަންގާފައިވާއިރު، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ރިސޯޓްސްގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައި، އެކަން ވަނީ އަންގައިފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ކެޓަގަރީ ސީގައި ހިމެނެނީ އަނެއް ދެ ކެޓަގަރީއަށް ނުފެތޭ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނެވެ. އެފަދަ ތަންތަނުން ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭނީ، އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 15 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ނަމަ އެވެ.
ސާވިސްޗާޖު ރުފިޔާއިން ދިނުމަކީ ހައްގު ނިންމުމެއް ނޫން
ޔުނިވާސަލްއިން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި
ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން
މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭއަށް ނަގަނީ
ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
މަނީ ޗޭންޖަރުންނަށް އެދި 98 ފަރާތެއް،ޕްރޮސެސް ކުރަނީ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
އުމްރާ ހުއްދައިގައި އޮޅުވާލައިގެން ޑޮލަރު ގަތް މައްސަލަ
ޓޫރިޒަމްވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހޭ