Roadha Mihaaru
ޓީއެމްއޭގެ ހިއްސާ ގަންނަން ދެ ކުންފުންޏަކުން ސޮއިކޮށްފި

ޓީއެމްއޭ މެޖޯރިޓީ ހިއްސާ ގަންނަން ދެ ކުންފުންޏަކުން ސޮއިކޮށްފި

19 ޑިސެމްބަރ 2017

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ގަންނަން އެމެރިކާގެ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކުން ސޮއިކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ގަންނަން އެމެރިކާގެ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކުން ސޮއިކޮށްފި އެވެ.

އިކޮނޮމިކް ޓައިމްސްގައި ބުނެފައި ވަނީ އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި، ބައިން ކެޕިޓަލް އާއި ޗައިނާގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓެމްޕަސް ގްރޫޕާ ގުޅިގެން ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ގަންނަން މިދިޔަ އާދީއްތަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަންނަން އެ ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރަން ސޮއިކުރި ނަމަވެސް، ހިއްސާ ވިއްކާލުމާ މެދު ޓީއެމްއޭ އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ މެޖޯރިޓީ ހިއްސާ އެހެން ބަޔަކަށް ވިއްކާލަން ޓީއެމްއޭގެ ބޯޑުން މިހާތަނަށް ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް ހިއްސާ ވިއްކާނުލާނެ ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.

ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ 2013 ވަނަ އަހަރުން ފެށިގެން އޮންނަނީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުގަ އެވެ. މައިނޯރިޓީ ހިއްސާ އޮންނަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގަ އެވެ.

ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުގައި ބްލެކް ސްޓޯން ގްރޫޕުން ޓީއެމްއޭ އާއި މޯލްޑިވިއަން އެއާ ޓެކްސީގެ ހިއްސާ އެއްކޮށްލައިގެން ދެ ކުންފުނީގެ މެޖޯރިޓީ ހިއްސާ 2013 ވަނަ އަހަރު ގަނެފައި ވަނީ 98 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ކުންފުނިން ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓޫރިސްޓުން އުފުލުމުގެ ހިދުމަތް ދެމުންގެންދެ އެވެ. އަދި އެ ކުންފުނިން އޮޕަރޭޓްކުރާ 48 ބޯޓުން އަހަރަކު 100،000 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ.