15 އޯގަސްޓް 2022
ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ފްލީޓަށް އާ ބޯޓެއް ގެނެސްފި އެވެ.
ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ފްލީޓަށް އާ ބޯޓެއް ގެނެސްފި އެވެ.
ޓޫރިސްޓުން އެންމެ ގިނައިން އަންނަ ދުވަސްވަރު ނުވަތަ "ހައި" ސީޒަނާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު އެ ކުންފުނިން ރާއްޖެ ގެނައީ "ޑެ ހެވިލެންޑް" ކުންފުނީގެ 'DHC-6 ޓްވިން އޮޓާސް' އެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ އާ ބޯޓާއެކު. އެ ކުންފުނީގެ ފްލީޓުގައި މިހާރު 59 ބޯޓު އޮންނާނެ އެވެ.
ޓީއެމްއޭ އިން ބުނީ ރާއްޖޭގައި ހުޅުވާ ރިސޯޓުތައް ގިނަވެ، ޓޫރިސްޓުން އަންނަ ވަރު އިތުރުވާތީ، އެ ކުންފުނީގެ ފްލީޓަށް ބޯޓުތައް އިތުރުކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެހެންވެ، ކޮވިޑްގެ ދުވަސްވަރަށް ފަހު ޓީއެމްއޭ އިން ވަނީ އިތުރު ތިން ބޯޓެއް ރާއްޖެ ގެނެސްފަ އެވެ.
އެއް މިލިއަން ފަސިންޖަރުންނަށް މި އަހަރު ނިމޭއިރު ހިދުމަތް ދެވޭނެ ކަމަށާއި އަދި އަހަރު ނިންމާނީ ޓީއެމްއޭގެ ފްލީޓަށް 60 ވަނަ ފްލައިޓެއް ގެނެސްފަައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޓީއެމްއޭ އިން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓުތަކަށް ސީ ޕްލޭންގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެއްޖެ
ވާޗުއަލް ޓުއާއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް
ޓީއެމްއޭ އިން ކަނޑާލި މީހުންނަށް އަލުން ވަޒީފާ ދެނީ
ސަަރުކާރުގެ ހުށަހެޅުން ޓީއެމްއޭއަށް ކަމަކުނުދިޔަ!
ޓީއެމްއޭގެ ހިއްސާ ގަންނަން ދެ ކުންފުންޏަކުން ސޮއިކޮށްފި
ޓީއެމްއޭ އިން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފަށައިފި
ޓީއެމްއޭގެ ބޯޓުގެ ބައިތަކުގައި ހުރީ ދަބަރު ޖަހާފައި!
ސީޕްލޭން ހަބަކާއެކު އައްޑުއަށް ޓޫރިޒަމް މަޝްރޫއެއް
ޓީއެމްއޭގެ ޗެކިން ސިސްޓަމް މައްސަލަ ޖެހިއްޖެ
ޓީއެމްއޭ ގަންނާނެ އިންވެސްޓަރުން ހޯދަނީ!