26 ޑިސެމްބަރ 2016
މުނި ހޯމްކެއާ އިން ސޯފާ ސެޓަށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މުނި ހޯމްކެއާ އިން ސޯފާ ސެޓަށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް ފަރުނީޗަރު އެތެރެކޮށް، ވިއްކާ މުނި ހޯމްކެއާގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގައި، އެ ފިހާރަ އިން ވިއްކާ ސޯފާ ސެޓުތަކަށް 20-50 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ޑިސްކައުންޓް ލިބޭނެ އެވެ. މިސާލަކަށް، ގާތްގަނޑަކަށް 18،000 ރުފިޔާ އަށް ލިބޭ ސޯފާ ސެޓެއް މި ޕްރޮމޯޝަނުގައި ގާތްގަނޑަކަށް 14،000 ރުފިޔާ އަށް މިހާރު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުނި ހޯމްކެއާގެ ޕްރޮމޯޝަންގައި ހިމެނޭ ސޯފާ ސެޓެއް ދައްކާލަން ބަހައްޓާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"އެންމެ ފެންވަރު ރަނގަޅު ބްރޭންޑުތަކުގެ ސޯފާ މި ހުރީ. މިއީ އަޅުގަނޑުމެން މި ފަހަރު އަލަށް ކުރާ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
އެކި ޑިޒައިންތަކުގެ ސޯފާ ހިމެނޭ މި ޕްރޮމޯޝަން ކުރި އަށް ގެންދަނީ ސްޓޮކް ހުސް ވަންދެންނެވެ. އަދި މި ޕްރޮމޯޝަންގައި ވެސް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ އިންސްޓޯލްމަންޓް ސްކީމް ބޭނުން ކުރެވޭނެ އެވެ.
ސޯފާގެ އިތުރުން ވެސް މުނި ހޯމްކެއާ އިން ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ފަރުނީޗަރު ވިއްކަ އެވެ. އޭގެ ތެރޭގައި ގޭތެރޭގެ ފަރުނީޗަރާއި ބަދިގެ އަށް ބޭނުންވާ ތަކެތީގެ އިތުރުން، ހިފާ ގެންގުޅޭ ސާމާނު ވެސް ހިމެނެ އެވެ.
މުނި ހޯމްކެއާއިން ކޮންމެ ހަފްތާއަކަށް އިނާމެއް ދެނީ
ވިނަރެސް ފްލެޓަށް ގަންނަ ފަރުނީޗަރަށް ޑިސްކައުންޓު
މުނިހޯމްކެއާގެ ބޮޑު އީދު ޕްރޮމޯޝަން މާދަމާ ފަށަނީ
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް
މުނި ހޯމްކެއާގެ "ސުޕަ ފާސްޓް" ސޭލް ފަށައިފި
"އޭވޮން" އިން އާ އެނދެއް ތައާރަފް ކޮށްފި
ޕެއިންޓް ސެންޓަރުން ކުލަ ގަނެގެން ރިސޯޓު ދަތުރެއް
ކޮލިޓީ ރަނގަޅު ގޮދަޑި ހައި އެންޑް ފަރުނީޗަރުން
ޓެރިފްތަކާ އެކު އައިކިއާގެ ތަކެތީގެ އަގު މައްޗަށް
ފާރާއި ސީލިންގަށް މުނި ހޯމްކެއާ އިން ފަސޭހަ ހައްލެއް